ޓްރީޓޮޕް ހޮސްޕިޓަލުގެ ހަ ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ޚާއްސަ ޑިސްކައުންޓްތަކެއް ދޭން ފަށައިފި އެވެ.

ޓްރީޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ ސިއްހީ ދާއިރާގައި ޚިދުމަތް ދިނުމަށް 2018 ވަނަ އަހަރުގެ މާޗް މަހުން ފެށިގެން ހިދުމަތް ދެމުން އަންނަ ހޮސްޕިޓަލެކެވެ. އެ ހޮސްޕިޓަލުން އަންނަނީ ބައިނަލްއަގްވާމީ ތަޖުރިބާއާއި، ރައްކާތެރިކަމާއި، އޯގާތެރިކަމާއިއެކު، އެންމެ މަތީ ފެންވަރުގައި ސިއްޙީ ޚިދުމަތް ފޯރުކޮށްދެމުންނެވެ.

މި ދިޔަ އަހަރު ޓްރީޓޮޕް ހޮސްޕިޓަލުން ތައާރަފުކުރި މުހިއްމު ޚިދުމަތްތައް

  • މާލޭގައި ފިޒިއޯތެރަޕީ އާއި ލެބޯޓްރީ ޚިދުމަތްތަކަށް ޚާއްސަ ކުރެވިގެންވާ ޓީޓީއެޗް ކްލިނިކް މާލެ އިފްތިތާހް ކުރުން
  • ރާއްޖޭގެ ފުރަތަމަ ފާޓިލިޓީ ސެންޓަރު ހުޅުވައި އައިވީއެފް ފަރުވާ، ހެޔޮ އަގެއްގައި ފޯރުކޮށްދޭން ފެށުން
  • ޓްރީޓޮޕް ހޮސްޕިޓަލުގެ ޚިދުމަތް އިތުރަށް ކުރިއެރުވުމުގެ ގޮތުން ކޮންޓެކްޓް ސެންޓަރެއް ބ. އޭދާފުށީގައި ހުޅުވުން.
  • ޚިދުމަތުގެ ފެންވަރާއި ކެޕޭސިޓި އިތުރު ކުރުމުގެ ގޮތުން، ޒަމާނީ ފެންވަރުގެ ދެވަނަ އެމްއާރުއައި ސްކޭން މެޝިން ތައާރަފްކޮށް ޚިދުމަތް ދޭން ފެށުން.

އެ ހޮސްޕިޓަލުން ބުނީ ސިއްހީ ފަރުވާގެ އިތުރުން، ސިއްހީ ކަންކަމާގުޅޭ ގޮތުން އާއްމުންގެ ހޭލުންތެރިކަން އިތުރުކުމަށާއި ދުޅަހެޔޮ މުޖުތަމައުއެއް ބިނާކުރުމަށް، ޓްރީޓޮޕް ހޮސްޕިޓަލުން ފަސްޓް އެއިޑް ޚިދުމަތާއި، ހެލްތް ކޭމްޕް، މަޢުލޫމާތު ސެޝަން އަދި އެހެނިހެން އެހީތެރިކަން ދެމުން އަންނަ ކަމަށެވެ.

ހަ ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން އެސްތެޓިކް ޚިދުމަތްތަކުން 15 ޕަސެންޓްގެ ޑިސްކައުންޓް

  • ދަތް ހުދު ކުރުން
  • ލޭސާ ހެއާ ރިމޫވަލް (ލޭޒާ ބޭނުންކޮށްގެން އިސްތަށި ނައްތާލުން)
  • ޓެޓޫ ރިމޫވަލް
  • ސްކިން ރިޖޫވިނޭޝަން
  • އެކްނީ ސްކާ ރިމޫވަލް (ލަކުނު ފިލުވުން)

އެ ހޮސްޕިޓަލުން ބުނީ މި ޕޮރޮމޯޝަން ކުރިޔަށްދާނީ 1 މާޗް އިން 1 އޭޕްރިލްގެ ނިޔަލަށް ކަމަށެވެ.

ޓްރީޓޮޕް ހޮސްޕިޓަލުގެ އަމާޒު: ރާއްޖޭގައި އެންމެ މަތީ ފެންވަރުގެ ސިއްޙީފަރުވާ ފޯރުކޮށްދިނުން

ޓްރީ ޓޮޕް ހޮސްޕިޓަލުގެ އަމާޒަކީ، އެންމެ ފުރަތަމަ ޑޮކްޓަރަށް ދައްކާ ހިސާބުން ފެށިގެން، ޑިސްޗާޖާއި ފޮލޯއަޕް މަރުހަލާއާއި ހަމަޔަށް އޯގާތެރިކަމާއި އަޅާލުމާއި އެކު އެންމެ މަތީ އަދި ޒަމާނީ ފެންވަރުގެ ސިއްޙީ ޚިދުމަތް ފޯރުކޮށްދިނުން ކަމަށް އެ ހޮސްޕިޓަލުން ބުނެ އެވެ.