ފަލަސްތީނުގެ ޣައްޒާގައި ޔަހޫދީ އިޒްރޭލުން މިހާރު ކުރިއަށް ގެންދާ ގަތުލުއާއްމަށް ވާގިދޭ އެނާޖީ ބުއިންތަކުގެ ބަދަލުގައި "ޕަލަސްޓައިން ކޯލާ"ގެ ނަމުގައި އެނާޖީ ބުއިމެއް ނެރެފި އެވެ.

ސްވިޑަންއިން ނެރުނު އެ ބުއިމަކީ ކޮކާކޯލާފަދަ އިޒުރޭލަށް ވާގިދޭ ބްރޭންޑްތަކުގެ ބަދަލުގައި ބޭނުން ކުރެވޭނެ ކަމަށް ހަބަރުތައް ބުނެ އެވެ.

މި ބުއިމަކީ ސްވިޑަންގައި ދިރިއުޅޭ ފަލަސްތީނު އާއިލާއެއްގެ ދެބެއިން ހިންގާ ކުންފުންޏަކުން ނެރުނު ބުއިމެކެވެ. މި ބުއިން ވިއްކައިގެން ލިބޭ ފައިދާގެ ވަކި މިންވަރެއް ފަލަސްތީނުގެ ރައްޔިތުންނަށް ހަދިޔާ ކުރަން ވަނީ ނިންމައިފަ އެވެ.

ދުނިޔޭގެ ބައެއް މަޝްހޫރު ބްރޭންޑުތަކުން ޣައްޒާގައި އިޒްރޭލުން ހިންގާ ހަނގުރާމައަށް ވާގިދީ ފައިސާގެ އެހީ ވެސް ދަނީ ދެމުންނެވެ. އޭގެ ތެރޭގައި ބާގާ ކިންގް، ކޮކާކޯލާ ހިމެނެ އެވެ.

ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ކުރާ ހަނގުރާމަ ހަތަރު މަހަށްވުރެ ދިގުލައިގެން ގޮސްފައިވާއިރު އެ ހަނގުރާމައިގައި އެތައް ހާސް މުސްލިމުންނެއް ވަނީ ހާލުގައި ޖެހިފަ އެވެ.