މޯލްޑިވިއަން އިން ރޯދަމަހާ ދިމާކޮށް އެތެރޭގެ އުދުހުންތަކަށް ހާއްސަ އަގުތަކެއް ހަމަޖައްސައިފި އެވެ.

ވައިގެ ދަތުރުފަތުރުގެ ހިދުމަތްދޭ ސަރުކާރުގެ ކުންފުނިން ބުނީ އެ އެއާލައިނުން ދަތުރުކުރާ ޑޮމެސްޓިކް އެއާޕޯޓްތަކަށް މި ޕްރޮމޯޝަނަލް ފެއާގެ ދަށުން ޑޮމެސްޓިކް 8 އެއާޕޯޓަކަށް ދަތުރުކުރެވޭނެ އެވެ.

ހާއްސަ ފެއާގައި ޓިކެޓް ވިއްކާ އަގުތައް:

  • ސ. ގަމަށް އެއްކޮޅަށް 1،222ރ.
  • ފުވައްމުލައް 1،155ރ.
  • ކާޑެއްދޫ 1،333ރ.
  • ކޫއްޑޫ 1،111 ރ.
  • ކައްދޫ 1،055ރ.
  • މާފަރު 999ރ
  • އިފުރު 999ރ.
  • ހަނިމާދުއަށް 1،111ރ.

މޯލްޑިވިއަނުން އަންނަނީ އެތެރޭ އުދުހުމުގެ ހިދުމަތް ފުޅާކުރުމުގެ ގޮތުން އިތުރު މަތިންދާބޯޓު ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. މިގޮތުން އެއާލައިނަށް އޭޓީއާރު މަރުކާރުގެ އިތުރު ދެ މަތިންދާ ބޯޓު ހޯދުމާ ގުޅޭ އެއްބަސްވުމުގައި އޭޓީއާރު ކުންފުންޏާ އެކު މިދިޔަ މަހު ސޮއިކޮށްފައިވެ އެވެ.