ކްރިކެޓްގެ ދުނިޔޭގެ އެންމެ ފޯރިގަދަ މުބާރާތް އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް) މާދަމާ ފެށުމަށް ހަމަޖެހިފައިވާއިރު، މި މުބާރާތުގެ ހުރިހާ މެޗެއް މިފަހަރު މީޑިއާނެޓް އެޕްލިކޭޝަން މެދުވެރިކޮށް އައިސް އެކްސްޓްރާ ޗެނަލުން ވަގުތުން ބެލޭނެ ގޮތް ހަމަޖައްސައިފި އެވެ.

އައިޕީއެލް ފާހަގަކޮށްލެވެނީ ދުނިޔޭގެ އެކި ގައުމުތަކުގެ އެންމެ ހުނަރުވެރި ކުޅުންތެރިންގެ މޮޅު ކުޅުން ފެނިގެންދާ މުބާރާތެއްގެ ގޮތުގަ އެވެ. އިންޑިއާގެ ސްޓޭޓްތަކަށް ނިސްބަތްވާ ފްރެންޗައިޒް 10 ޓީމެއް މިއަހަރުގެ މުބާރާތުގައި ފެނިގެންދާނެ އެވެ. 20 އޯވަރު އުސޫލުން ޖުމްލަ 74 މެޗު ކުޅުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި އިންޑިއާއަށް އުފަން އަދި އެހެން ގައުމުތަކުގެ ޒުވާން ގިނަ ކުޅުންތެރިންތަކަކަށް ވެސް ވަނީ ފުރުސަތުދީފަ އެވެ.

މިދިޔަ އަހަރު އައިޕީއެލްގެ ޗެމްޕިއަންކަން ހޯދާފައިވަނީ ޗެންނާއީ އަށް ނިސްބަތްވާ ޗެންނާއި ސުޕާ ކިންގްސް އެވެ. ޗެންނާއީ ސުޕާ ކިންގްސްއަކީ މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމުކަން ފާހަގަކޮށްލެވެ އެވެ. އެ ޓީމުން ވަނީ މި މުބާރާތުގެ ޗެމްޕިއަންކަން 5 ފަހަރު އަދި ރަނަރަޕްކަން 5 ފަހަރު ހޯދާފަ އެވެ.

އިންޑިއާގެ ކުރީގެ ކެޕްޓަން އަދި ކްރިކެޓް ތަރި މަހެންދްރަ ސިންގް ދޯނީގެ ކެޕްޓަންކަމުގައި މި ޓީމު މި އަހަރުގެ މުބާރާތަށް ނިކުންނާނީ ތަށި ދިފާއުކުރުމުގެ އުންމީދުގަ އެވެ.

މިދިޔަ އަހަރުގެ ރަނަރަޕް އަކީ ގުޖުރާތަށް ނިސްބަތްވާ ގުޖުރާތު ޓައިޓަންސް އެވެ. ގުޖުރާތު ޓައިޓަންސް އިން ވަނީ ފާއިތުވެދިޔަ ދެ އަހަރުގެ ފައިނަލުގައި ވެސް ވާދަ ކޮށްފައެވެ. 2023 ވަނަ އަހަރު ރަނަރަޕް ހޯދިއިރު އެ ޓީމުން ވަނީ 2022 ވަނަ އަހަރު މުބާރާތުގެ ޗެމްޕިއަންކަން ހޯދާފަ އެވެ. އިންޑިއާގެ ކްރިކެޓްގެ އެންމެ އަލިގަދަ ކުރިއަރަމުން އަންނަ ތަރި ޝުބްމަން ގިލް ފެނިގެންދާނީ މި ޓީމުންނެވެ.

މި ދެ ޓީމުގެ ހިމަނައިގެން ޖުމްލަ 10 ޓީމު މި އަހަރުގެ މުބާރާތުގައި މަގްބޫލު ތަރިންނާއެކު ފެނިގެންދާނެ އެވެ. އެއީ ރޯޔަލް ޗެލެންޖާޒް ބެންގަލޯރު، ޑެލީ ކެޕިޓަލްސް، ކޮލްކަތާ ނައިޓް ރައިޑާޒް، ލަކްނައު ސުޕަ ޖަޔަންޓްސް، މުމްބާއީ އިންޑިއަންސް، ޕަންޖާބު ކިންގްސް، ރާޖަސްތާން ރޯޔަލްސް، ސަންރައިޒާސް ހައިދަރްއާބާދް، ޗެންނާއި ސުޕަ ކިންގްސް އަދި ގުޖުރާތް ޓައިޓަންސް އެވެ.

މި މުބާރާތުގެ ހުރިހާ މެޗެއް މީޑިއާނެޓުން ފޯނު އެޕްލިކޭޝަން މެދުވެރިކޮށް އައިސް އެކްސްޓްރާ ޗެނަލްއިން ފެންނާނެ އެވެ. މީޑިއާނެޓުން ވަނީ މި މުބާރާތާ ގުޅުވައިގެން ޚާއްސަ ޕެކޭޖުތަކެއް ވެސް ރިލީޒްކޮށްފައެވެ. އެއީ:

  • އެމް އެސް ސްޓާޓަ (ސީޒަން ޕާސް): އައި ޕީ އެލްގެ ހުރިހާ މެޗެއް އަދި އެމްއެސް ޑިޖިޓަލް މެދުވެރިކޮށް ފެންނަ ހުރިހާ ޗެނަލެއް އެންމެ 99 ރުފިޔާއަށް
  • އެމް އެސް ކޮމްބޯ (ސީޒަން ޕާސް): އައި ޕީ އެލްގެ ހުރިހާ މެޗެއް، އެމް އެސް ޑިޖިޓަލް މެދުވެރިކޮށް ފެންނަ ހުރިހާ ޗެނަލެއް އަދި ވީޑިއޯކްލަބްގެ ކޮންޓެންޓް އެންމެ 199 ރުފިޔާއަށް

މީގެއިން ސަބްސްކްރިޕްޝަނެއް ނަގައިގެން މީޑިއާނެޓް އެޕްލިކޭޝަން މޯބައިލް ޑިވައިސްއަށް އިންސްޓޯލް ކުރުމަށްފަހު ލޮގިން ނުވަތަ ކޯޑު ޖެހުމަށްފަހު ހުރިހާ މެޗެއް ވަގުތުން ބަލާލެވޭނެ އެވެ.

މީޑިއާނެޓުން ދާދި ފަހުން ވަނީ ވިމެންސް ޕްރިމިއާ ލީގުގެ ހުރިހާ މެޗެއް ވެސް ވަގުތުން ދިވެހިންނާ ހަމައަށް ގެނެސްދީފަ އެވެ.

މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައި ވަނީ ރޯޔަލް ޗެލެންޖާޒް ބެންގަލޯގެ އަންހެން ޓީމެވެ.

ހުކުރު ދުވަހު މުބާރާތް ފެށުމުގެ ގޮތުން ޚާއްސަ އޯޕެނިންގް ސެރަމެނީއެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

މި ޝޯވްގައި ބޮލީވުޑްގެ ތަރިން ކަމުގައިވާ އަކްޝޭ ކުމާރު އަދި ޓައިގަ ޝްރޮފްގެ އައިޓަމްގެ އިތުރުން މިއުޒިކީ ފަންނާނުން ކަމުގައިވާ އޭ އާރް ރެހްމާން އަދި ސޯނޫ ނިގަމް ލަވަ ކިއުމަށް ވަނީ ހަމަޖެހިފަ އެވެ.