މި ރަމަޟާން މަހުގެ ފުރަތަމަ 20 ދުވަހު ފިތުރު ޒަކާތުގެ ގޮތުގައި 4.5 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

މޯލްޑިވްސް ޒަކާތު ހައުސް އިން މިއަދު ނެރުނު ރޯދަމަހުގެ ފުރަތަމަ 20 ދުވަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި ފިތުރު ޒަކާތުގެ ގޮތުގައި އެ މުއްދަތުގައި ވަނީ ޖުމްލަ 4،499،433ރ. ލިބިފަ އެވެ.

ފިތުރު ޒަކާތް ދެއްކުމުގެ ފުރުސަތު އަންނަ އެންމެ ފަހު ދުވަހާ ހަމައަށް އޮންނާނެ އެވެ.

ޒަކާތު ހައުސް އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، ރޯދަ މަހުގެ އެންމެ ގިނަ ބަޔަކު ޒަކާތުގެ ގޮތުގައި ފައިސާ ދައްކާފައި ވަނީ އާދައިގެ ހަނޑުލަށެވެ. އާދައިގެ ހަނޑުލަށް 63،389 މީހުން ޖުމްލަ 760،668ރ. ދައްކާފައިވެ އެވެ. ދެވަނަ އަށް އެންމެ ގިނަ ބަޔަކު ޒަކާތް ދެއްކީ ތައިލެންޑް ހުދު ހަނޑުލަށެވެ. ތައިލެންޑް ހުދު ހަނޑުލަށް 3،028 މީހުން 211،960ރ. ދެއްކިއެވެ. ތިން ވަނަ އަށް އެންމެ ގިނަ ބަޔަކު ދެއްކީ ރަތް ހަނޑުލަށެވެ. ރަތް ހަނޑުލަށް 740 މީހުން 59،200ރ. ދެއްކި އެވެ.

އެންމެ ގިނަ ރުފިޔާ ޒަކާތުގެ ގޮތުގައި ލިބިފައި ވަނީ ބާސްމަތީ ހަނޑުލުގެ އާދައިގެ ހަޑުލުންނެވެ. އެގޮތުން 14،567 މީހުން، ޒަކާތުގެ ގޮތުގައި 1،019،690ރ. ދައްކާފައިވެ އެވެ.