އިންތިޚާބަކާ ނުލައި ށ. ފުނަދޫ ކައުންސިލުން ހުސްވެފައިވާ ގޮނޑި ސަރުކާރު ހިންގާ ޕީއެންސީއަށް ލިބިއްޖެ އެވެ.
ފުނަދޫ ކައުންސިލްގެ ބައި އިލެކްޝަން އަންނަ ޖޫން މަހުގެ އަށް ވަނަ ދުވަހު ބާއްވަން އިލެކްޝަންސް ކޮމިޝަނުން އިއުލާން ކުރި އެވެ. ނަމަވެސް އެ އިއުލާނާ ގުޅިގެން ކައުންސިލަރު ކަމަށް ކުރިމަތިލެއްވީ ޕީއެންސީގެ ކެންޑިޑޭޓް އާމިނަތު ޔުމްނާ އެކަންޏެވެ.
އެހެންވެ އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނުގެ 24ވަނަ މާއްދާގެ ދަށުން ޔުމްނާ ކައުންސިލަރު ކަމަށް އިންތިހާބުވެފައިވާ ކަމަށް އިއުލާންކޮށްފަ އެވެ.
ފުނަދޫ ކައުންސިލްގެ ބައި އިލެކްޝަން ބާއްވަން އިއުލާން ކުރީ އެ ކައުންސިލްގެ އަންހެން މެމްބަރަކު އިސްތިއުފާދެއްވުމުންނެވެ.
ގިގީ ދެކެ ހަގީގީ ލޯބި ނުވާ ކަމަށް ޒޭން އެއްބަސްވެއްޖެ
ކުއްޔަށް އުޅޭ ފަރާތަށް ނުދީ ގޭގެ ވެރިފަރާތުން ރޯދަ ހަދިޔާ ނަގަނީ
