މިދިޔަ އަހަރަކީ ބޮލީވުޑަށާއި އިންޑިއާގެ ފިލްމް އިންޑަސްޓްރީއަށް ވެސް އެންމެ ކާމިޔާބު އަހަރެކެވެ. އިންޑިއާގެ ފިލްމީ އިންޑަސްޓްރީއަކީ އެތައް ފިލްމުތަކެއް އެތައް ބަހަކުން އުފައްދައިގެން ނެރެމުން އަންނަ އިންޑަސްޓްރީއެކެވެ.

ބޮލީވުޑަކީ ފިލްމު އުފެއްދުމުގެ ތަފާތު ސްޓައިލްގެ ސަބަބުން ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ސިނާއަތެކެވެ.

އެގޮތުން މިދިޔަ އަހަރު ނެރުނު ފިލްމުތަކުގެ ތެރޭގައި 500 ކްރޯޑް ރުޕީސްއިން މަތިން އާމްދަނީއެއް ހަތަރު ފިލްމަކުން ވަނީ ހޯދާފަ އެވެ.

ޖަވާން

މިދިޔަ އަހަރު އިންޑިއާގެ ފިލްމަކަށް އެންމެ ބޮޑު އާމްދަނީއެއް ހޯދީ ޝާހްރުކް ހާންގެ "ޖަވާން" އެވެ. އެ ފިލްމަށް ވަނީ 734 ކްރޯޑް ރުޕީސް ލިބިފަ އެވެ.

ގަދަރު 2

ސަނީ ޑިއޯލް އާއި އަމީޝާ ޕަޓޭލް ލީޑު ރޯލު ފެނިގެންދިޔަ "ގަދަރު 2" ކަށްވެސް ބޮޑު ކާމިޔާބީއެއް ލިބިފައިވެ އެވެ. އެގޮތުން އެފިލްމަށް 526 ކްރޯޑް ރުޕީސް ވަނީ ލިބިގެން ގޮސްފަ އެވެ. މިއީ ސަނީ ޑިއޯލްގެ ދިގު ފިލްމީ ކެރިއަރުގައި އޭނާގެ އެންމެ ކާމިޔާބު ފިލްމަށް މިހާރު ވަނީ ވެފަ އެވެ.

ޕަތާން

ޝާހްރުކް ޚާން ލީޑް ރޯލުން ފެނިގެންދާ އަދި ސިދާތު އަނަންދު ޑައިރެކްޓްކޮށްފައިވާ “ޕަތާން” ވަނީ 524 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ލިބިފަ އެވެ.

އެނިމަލް

ސަންދީޕް ވަންގާ ރެޑީ ޑައިރެކްޓްކޮށްފައިވާ އަދި ރަންބީރު ކަޕޫރާއި ރަޝްމީކާ މަންދާނާ ފެނިގެންދިޔަ "އެނިމަލް" ވަނީ 503 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ލިބިފަ އެވެ.