މީގެ ހަ އަހަރު ކުރިން މާލޭގައި ތޫނު އެއްޗެހިން ހަމަލާދީ މަރާލި އިބްރާހިމް އާގިލްގެ މަރުގެ މައްސަލާގައި ދައުލަތުން ދައުވާކުރި އެކަކުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
އޮގަސްޓް, 2018 ގައި ގދ. ފަރެސްމާތޮޑާއަށް ނިސްބަތްވާ އާގިލް ލޯންޗަކުން އައިސް މާލެއަށް ފޭބި ވަގުތު ގްރޫޕަކުން ގޮސް އޭނާއަށް ހަމަލާދީ މަރާލި މައްސަލާގައި ހއ. ދިއްދޫ، ސްނޯބޯޑް، އިބްރާހިމް ވިޝާމްގެ މައްޗަށް އުފުލީ އާގިލް މަރާލުމުގައި ބައިވެރިވި ކަމުގެ ކުށުގެ ދައުވާ އެވެ.
ކްރިމިނަލް ކޯޓުން މިއަދު އޭނާގެ މައްޗަށް އެ ދައުވާ ސާބިތު ނުވާ ކަމަށް ހުކުމްކޮށްފައިވާ ކަން ޕްރޮސެކިއުޓަ ޖެނެރަލް އޮފީހުން ކަށަވަރުކޮށް ދިނެވެ. އަދި އެ މައްސަލަ އިސްތިއުނާފް ކުރުމާ މެދު ފަހުން ގޮތެއް ނިންމާނެ ކަމަށް އެ އޮފީހުން ބުންޏެވެ.
އާގިލް މަރާލި މައްސަލާގައި ދެން ދައުވާކުރަނީ ލ. ފޮނަދޫ، ހިޔާ، ހަމްދޫން ހަމްޒަތާއި، ސ. ހިތަދޫ، ސްވޭހުހީނާގޭ، އަލީ މިޖުވާދު މާލިކުގެ މައްޗަށެވެ. އެ މީހުންގެ މައްސަލައިގައި އަދި ހުކުމެއް ނީއްވަ އެވެ.
އަސްލު އަގަށްވުރެ ބޮޑުކޮށް އޭސީ ހަރުކުރަން އެސްޓާސްއަށް
ލޯތްބަށްޓަކައި ހުސްފަޔާ ހިނގި ކަމަށް ފަރާ ބުނެފި
ޓޮމް އާއި ނަސީމްގެ ކުންފުންޏަށް ވެސް އެތައް މިލިއަންގެ މަޝްރޫއު!
އާގިލްގެ މަރުގެ މައްސަލައިގެ ޝަރީއަތް ކެންސަލްކޮށްފި