ބޮލީވުޑްގެ ޑްރާމާ ކުއީންގެ ގޮތުގައި މަޝްހޫރު ނެށުންތެރިޔާ ރާކީ ސާވަންތު ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ރާކީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެނީ ހިތުގެ މައްސަލައަކާ ގުޅިގެންނެވެ. އެހެންނަމަވެސް އެއީ ކޮން މައްސަލައެއް ކަމަށް ހާމަކޮށްފައެއް ނުވެ އެވެ.

ރާކީ ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާދެމުން އަންނައިރު ރާކީގެ ސިއްހަތާ ބެހޭ ގޮތުން މީޑިއާގައި އޭނާގެ ކުރީގެ ފިރިމީހާ ރިތޭޝް ބުނީ ރާކީގެ ހާލު ސީރިއަސް ކަމަށެވެ. މިފަހަރު ރާކީ އެއްވެސް ޑްރާމެއް ނުކުޅޭ ކަމަށް ވެސް ރިތޭޝް ބުންޏެވެ.

https://www.instagram.com/reel/C6_NHeWorWI/?utm_source=ig_embed&ig_rid=ee50464a-a2c1-4bd8-ba51-e85da0f5d876

ރާކީ އާއި ރިތޭޝް ކައިވެނިކޮށްގެން އުޅޭތާ އެތައް ދުވަހެއްވި ފަހުން އާންމުންނަށް ރިތޭޝަން ދައްކާލީ ބިގޮބޮސް 15 ގަ އެވެ. އަދި ފަހުން އެއީ ރިތޭޝް ނޫން ކަމަށާއި އެއީ އެ ޝޯގެ ޕްރޮޑިއުސަރުން ވިއުސް ގިނަކުރަންވެގެން ގަސްތުގައި ކުރި ކަމެއްގެ ގޮތުގައި ތުހުމަތުކުރަމުން ދަނިކޮށް، މާގިނަ ދުވަސްތަކެއް ނުވެ، އެ ދެމީހުން ވަކިވި ޚަބަރު ވެސް އިއުލާންކުރި އެވެ.

ރިތޭޝް އާއި ވަކިވުމަށްފަހު އާދިލް ކިޔާ މީހަކާ ރާކީ ކައިވެނި ވެސް ކުރި އެވެ.

ނަސާރާ ދީން ދޫކޮށްލައި ރާކީ އިސްލާމްވިކަން އޭނާ އިއުލާންކުރީ މިދިޔަ އަހަރުގެ މެއި މަހު އެވެ. ރާކީ އިސްލާމް ވީ، އޭނާގެ ކުރީގެ ފިރިމީހާ އާދިލް ހާންއާ ކައިވެނިކުރުމުގެ ކުރިންނެވެ.

އާދިލް އާއި ރާކީ ވަރިވީ މިދިޔަ އަހަރު މާޗުގަ އެވެ. އެ މީހުން ވަރިވި އިރު، ރާކީ ބުނި ގޮތުގައި، އާދިލް ވަނީ އޭނާއަށް އަނިޔާކޮށް ފައިސާ ވެސް ފޭރިފަ އެވެ. ނަމަވެސް، އާދިލް އެ ތުހުމަތުތައް ދޮގުކުރެ އެވެ.