ހަން އޮމާން ރީތި މޫނެއް އެންމެންވެސް ބޭނުންވެ އެވެ. ހަންގަނޑަށް ރޫޖެހޭނަމަ އެ ރޫތައް ފިލުވާލަން ވެސް ބޭނުންވެ އެވެ. އެހެން ކަމަށްވާނަމަ ބައެއް ކެއުންތަކުން ދުރުވާން ޖެހެ އެވެ. މިއީ އޭގެ ތެރެއިން ބައެއް ކެއުންތަކެވެ.

ހަކުރު

ހަކުރުގެ ބާވަތްތައް ބޭނުން ކުރުމުން ހަށިގަނޑުގައި އުފެދޭ މާއްދާއެއް ކަމަށްވާ އެޑްވާންސްޑް ގްލައިކޭޝަން އެންޑް ޕްރޮޑަކްޓްއަކީ ހަންގަނޑު ވާންކޮށް ބަހައްޓައިދޭ ކޮލާޖަންއަށް ގެއްލުންދޭ މާއްދާ އެކެވެ.

ތައްޔާރީ މަސް

ތައްޔާރީ މަސް ނުވަތަ "ޕްރޮސެސްޑް މީޓް"އަކީ ގިނަ ދުވަހަކަށް ރައްކާ ކުރުމުގެ ގޮތުން އެކި ކަހަލަ މާއްދާތައް އެއް ކުރެވިފައިވާ ބާވަތްތަކެކެވެ. މިފަދަ ބާވަތްތަކުން ލޮލާއި މޫނުގެ އެކި ހިސާބުތަކުގައި ރޫޖެހުމަށް މަގުފަހި ކުރުވަ އެވެ.

ތެލުލި ކާނާ

ތެލުލި ކާނާގައި ގިނަ އަދަދަކަށް ޓްރާންސްފެޓްއާއި ރިފައިންޑް އޮއިލް އެކުލެވޭއިރު މި ބާވަތްތަކުން ހަށިގަނޑުގައި އިންފްލެމޭޝަން އިތުރުކޮށްދެ އެވެ. ނަތީޖާއަކަށްވަނީ ކޮލާޖަންއަށް ނޭދެވޭ އަސަރު ކުރުމެވެ.

ކެފެއިން

ކެފެއިން އެކުލެވޭ ބުއިންތަކަކީ ހަންގަނޑު ވަރަށް އަވަހަށް ހިއްކާލަދޭ ބުއިންތަކެކެވެ. ތެތްކަމެއް ނެތި ހަންގަނޑު ހިކިއްޖެނަމަ ރޫޖެހުން އަވަސްވެ އެވެ.