ސެންޓުގެ އެންމެ ހާއްސަ އެއް ސިފައަކީ ސެންޓަކީ އެކި މީހުންގެ ގައިގައި އެކި ވަސް ހުންނަ އެއްޗަކަށް ވުމެވެ. މިހެންވަނީ ސަބަބަކަށްޓަކަވެ. ސެންޓުގެ ވަހަކީ އިންސާނާގެ ހަށިގަނޑުގެ ވަހާ އެކުވެގެން އަންނަ އެއްޗެކެވެ. އެހެންކަމުން އެއް ސެންޓެއް އެކި މީހުންނަށް ތަފާތުވެދާނެ އެވެ. އެހެންކަމުން މީހާއާ ގުޅޭ ސެންޓެއް ހޯދުމަކީ މުހިއްމު ކަމެކެވެ. މިހާއާ ގުޅޭ ސެންޓެއް ޖެހުމުން މީހާގެ މޫޑް ރަނގަޅުވެ، ހިތްހަމަޖެހިގެން ހުރެ އެވެ.

މާކެޓުގައި ސެންޓުގެ އޮޕްޝަންތައް ވަރަށް ގިނަކަމުން ގަންނާނެ އެއްޗެއް ފަހަރެއްގައި ނޭނގިދާނެ އެވެ. އެހެންކަމުން މި ފަހަރު މި ގެނެސްދެނީ 2024 ގައި އެންމެ މަގްބޫލު ޑިޒައިނާ ސެންޓުތަކުގެ ލިސްޓެކެވެ.

1. ޑިއޯ ޖަޑޯ

މިއީ ފްރުޓީ ފްލޯރަލް ވަހެއް ހުންނަ ސެންޓެކެވެ. ފުޅި ވެސް އެހާމެ ރީއްޗެވެ.

ޑިއޯ ޖަޑޯ- އިއު ޑެ ޕާފިއުމް

2. ވައި އެސް އެލް ލިބްރޭ

މިއީ ވާމް ފްލޯރަލް ވަހެއް ހުުންނަ ސެންޓެކެވެ. ކޮންމެވެސް ވަރަކަށް މަސްކް އަދި ވެނީލާގެ ވަސް ވެސް ހުންނާނެ އެވެ.

ވައި އެސް އެލް ލިބްރޭ

3. ޗެނަލް ކޮކޯ މެޑްމޮސެލް

މި ސެންޓަކީ ރޯސް، ޖޭސްމިން އަދި އޮރެންޖުގެ ނޯޓްތައް ހުންނަ ތަފާތު ގިނަ އިރު ވަސް ހުންނަ ސެންޓެކެވެ. މި ސެންޓުގެ އިންޓެންސް ވައްތަރު ވެސް ހުރެ އެވެ.

ޗެނަލް ކޮކޯ މެޑްމޮސޭލް

4. ޑެލީނާ ޕާމިއުމްސް ޑެ މާލީ

މިއީ މިއަހަރުގެ އެންމެ މަގްބޫލު ފްލޯރަލް ސެންޓޭ ބުނެވިދާނެ އެވެ.

ޑެލީނާ

5. ކެރޮލީނާ ހެރޭރާ ގުޑް ގާލް ބްލަޝް

މިއީ ވަރަށް ރީތި ފުޅިއެއްގައި ފަރުމާކޮށްފައިވާ ފްލޯރަލް ސެންޓެކެވެ. މި ސެންޓުގެ ވަސް ވަރަށް ގިނަ އިރު ހުންނަކަން ފާހަގަ ކުރެވެ އެވެ.

ގުޑްގާލް ބްލަޝް

6. ކަޔާލީ ވެނިލާ 28

މިއީ ފޮނި ވެނީލާ ވަހެއް ހުުންނަ ސެންޓެކެވެ.

ކަޔާލީ ވެނީލާ 28