ރާއްޖޭގެ ބޮޑު ސަރަހައްދެއްގެ މޫސުން ގޯސްވެ، ހއ. އިން ފެށިގެން ތ. އަތޮޅާ ހަމައަށް ވައިޓް އެލާޓް މިއަދު ނެރެފި އެވެ.
މެޓް އޮފީހުން އެ ސަރަހައްދުތަކަށް ވައިޓް އެލާޓް ނެރުނީ ހެނދުނު 8:15 އިން ފެށިގެން މެންދުރު 1:00 އާ ހަމައަށެވެ.
ވައިޓް އެލާޓް ނެރެފައި ވަނީ ގުގުރުމާ އެކު ބޯކޮށް ވާރޭ ވެހި، ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިގަދަވާނެ ކަމަަށް ބެލެވޭތީ އެވެ. އަދި ވިލާގަނޑުގައި 50 މޭލަށް ވައިގަދަވާނެ ކަމަށް މެޓުން ލަފާކުރެ އެވެ.
އެހެންވެ، ކަނޑުތައް ގަދަވާނެ ކަމަށް ވައިޓް އެލާޓްގައި ފާހަގަކޮށްފައިވެ އެވެ.
އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ 24 ގަޑިއިރުގެ ތެރޭގައި އެންމެ ބޯކޮށް ވާރޭވެހުނީ ކ. ގާފަރަށެވެ. އެ ރަށަށް 67.7 މިލިލީޓަރުގެ ވާރޭވެހުނެވެ. ދެވަނަ އަށް އެންމެ ބޯކޮށް ވާރޭ ވެހުނީ ބ. ގޮއިދޫއަށެވެ. ގޮއިދޫއަށް 61.2 މިލިމީޓަރުގެ ވާރޭވެހުނެވެ. އަދި ތިން ވަނަ އަށް އެންމެ ބޯކޮށް ވާރޭ ވެހުނީ ބ. ދަރަވަންދޫއަށެވެ. ދަރަވަންދޫ އަށް 67.7 މިލިލީޓަރުގެ ވާރޭވެހުނެވެ.
ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާން ފެށި އިރު، އީދު ޗުއްޓީ ނިންމައި ގިނަ ބަޔަކު ރަށް ރަށަށް ދާން ފެށި އިރު، ރަށް ރަށުގައި ތިބި މީހުން ވެސް މިހާރު މާލެ އަންނަން ވަނީ ފަށައިފަ އެވެ.