އިދިކޮޅު އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، ޗައިނާގެ ރައީސް ޝީ ޖިންގް ޕިންގް އާ މިއަދު ބައްދަލުކުރައްވައިފި އެވެ.
މި ބައްދަލުވުން އޮތީ ޗައިނާގެ ވެރިރަށް ބެއިޖިންގް ގައި އެވެ.
ޝާހިދު، ޝީ އާ ބައްދަލުކުރެއްވީ "ފައިވް ޕްރިސިޕަލްސް އޮފް ޕީސްފުލް ކޯ-އެގްޒިސްޓެންސް" އަށް 70 އަހަރު ފުރުމުގެ މުނާސަބަތުގައި ޗައިނާގައި ބޭއްވި ކޮންފަރެންސްގެ ހަވާސާގަ އެވެ.
މިއީ ޗައިނާގެ ޚާރިޖީ ސިޔާސަތު އޭގެ މައްޗަށް ބިނާވެފައިވާ މުހިއްމު ފަސް އަސާސްތައް ސައިނޯ-އިންޑިއަން އެގްރިމަންޓްގައި ހިމެނިތާ 70 އަހަރު ފުރުމުގެ މުނާސަބަތުގައި ބާއްވާ ކޮންފަރެންސްއެކެވެ.
ޝާހިދު ޗައިނާގެ ރައީސް ޝީ އާ ބައްދަލުކުރެއްވީ މި ކޮންފަރެންސްގައި ޝީ ދެއްވި ތަގްރީރުގެ ކުރިންނެވެ. ޝީގެ ތަގްރީރަށްފަހު ޝާހިދު ވިދާޅުވީ އެއް ބަޔަކު އަނެއް ބަޔަކަށް އިހްތިރާމުކޮށްގެން، ދުނިޔޭގެ ސުލްހައާއި އަމާންކަން ގާއިމްކުރުމަށް ޝީ ކުރައްވާ މަސައްކަތްތަކުން ހިތްވަރު ލިބޭކަމަށާއި އިންސާނިއްޔަތަށް އޮތް ހަމައެކަނި ގޮތަކީ ސުލްހަވެރިކަމާއެކު އެންމެން ދިރިއުޅުންކަމަށެވެ.
"ސްޕައިޑަ-މޭން: އަ ބްރޭންޑް ނިއު ޑޭ"އަށް 1 ބިލިއަން ޑޮލަރު!
ގައުމު ހަލަބޮލި ކުރުމަށް އުޅޭތީ ފާރަވެރިވާންޖެހޭ: ރައީސް މުއިއްޒު
ތާބޫގެ ޝަހުސީ ހައްގުތައް ހިމާޔަތް ކުރަން ދިއްލީ ހައި ކޯޓަށް!
