ގަލޮޅު ކަންމަތީ އޮތް ވޭނެއްގައި އެއްޗެއް ގޮވައިގެން ސިފައިން ހަރަކާތްތެރިވާން ފަށައިފި އެވެ.
ވޭން އޮތް ސަރަހައްދުގައި ފުލުހުންނާއި ސިފައިން ހަތިޔާރާއެކު އެ ސަރަހައްދުގައި ހަރަކާތްތެރިވެފައިވެ އެވެ.
މިކަމާ ގުޅިގެން އެމްއެންޑީއެފް އިން ބުނީ ގަލޮޅު ކަންމަތީގައި ޕާކް ކޮށްފައި އޮތް ވޭނެއްގައި އެޗެއް ގޮވިކަމުގެ ރިޕޯޓެއް ލިބިފައިވާ ކަމަށާއި އަދި މިފަދަ ކަންކަމުގައި އަމަލުކުރަމުން އަންނަ ޕްރޮސީޖާއާ އެއްގޮތަށް ކަންކަން ކުރަމުން އަންނަ ކަމަށެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ލިބިފައިވާ ކަމުގެ ރިޕޯޓެއް ނުލިބޭ ކަމަށާއި އަދި ވޭނަށް ވެސް ގެއްލުމެއް ލިބިފައި ނުވާ ކަމަށް ވެސް ސިފައިން ބުނެ އެވެ.
މިހާތަނަށް ބެލި ބެލުމުން އެއްވެސް ގޮވާ އެއްޗެއްގެ ނިޝާނެއް ފެނިފައި ނުވާކަމަށް އެމްއެންޑީއެފް އިން ބުނެ އެވެ. އަދި އެއީ ގޮވާ އެއްޗެއްގެ ސަބަބުން ހިނގި ހާދިސާއެއް ނޫން ކަމަށް ވެސް އެމްއެންޑީއެފް އިން ބުނެ އެވެ.
އެމްއެންޑީއެފް އިން ބުނީ އިތުރު ނުރައްކަލެއް ނެތްކަން ކަށަވަރުވެފައިވާތީ ސީން މިހާރު ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ.