އައްޑޫގައި ހުންނަ ޕޮލިސް ކޮލެޖްގައި ފުލުހުންތަކެއް ކާނާ ވިހަވެގެން ފަރުވާދޭން ފަށައިފި އެވެ.

ކޮލެޖްގައި މިވަގުތު ފުލުހުންގެ ބޭސިކް ޓްރޭނިން ހަދަމުން އަންނަ ގިނަ ދަރިވަރުންތަކެއް ކާނާ ވިހަވެފައިވެ އެވެ.

މައުލޫމާތު ލިބޭގޮތުގައި ކާނާ ވިހަވީ ރޭގަނޑުގެ ކެއުމަށް ފަހުގަ އެވެ.

ފުލުހުން ބުނީ ޕޮލިސް ކޮލެޖްގައި ގިނަ ދަރިވަރުންތަކެއް ބަލިވެ އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލްގައި ފަރުވާ ދެމުން ދާކަމަށެވެ. އަދި މިކަން ދިމާވި ސަބަބު ހޮސްޕިޓަލް މެދުވެރިކޮށް ބަލަމުން ދާކަމަށް ވެސް ފުލުހުން ބުނެ އެވެ.

"ޝައްކުކުރެވެނީ ކާނާ ވިހަވީކަމަށް. ފަރުވާ ދިނުމަށްފަހު ދަރިވަރުން މިހާރުދަނީ އަނބުރާ ކޮލެޖަށް ގެންދަމުން،" ފުލުހުން ބުންޏެވެ.