ކަސްރަތު ކުރުމަކީ ހަށިގަނޑަށް ބުންވަރު ބޭނުންވާ ކަމަކަށް ވާއިރު ކަސްރަތު ކުރަން ފެށުމުގެ ކުރިން ރަނގަޅު ކެއުމެއް ކެއުމަކީ ވަރަށް މުހިއްމު ކަމެކެވެ. އެގޮތުން ކަސްރަތުގެ ކުރިން ކެއުން ރަނގަޅު ބައެއް ކެއުންތަކަށް ބަލާލާނަމެވެ.
އޯޓްސް
އޯޓްސްއަކީ ގިނަ އަދަދަކަށް ޕްރޮޓީން އެކުލެވޭ މަސްތަކުގެ ބާރުގަދަ ކޮށްދޭ ކެއުމެކެވެ. އޯޓްސްއާ އެކު އެވޮކާޑޯ، ރެއިޒިންސް ނުވަތަ މާމުއި ބޭނުން ކުރެވިދާނެ އެވެ.
ދޮންކެޔޮ
ދޮންކޭލަކީ ކަސްރަތުގެ ކުރިން ކެއުން އެންމެ ރަނގަޅު އެއް މޭވާ އެވެ. ދޮންކެޔޮ ވަކަކާ އެކު ޕީނަޓް ބަޓާ ޖަހައިގެން ކެއުމަކީ ވަރުގަދަ ކަސްރަތުގެ ސެޝަންއަކަށް އެހީވެދޭނެ ކަމެކެވެ.
ސްމޫތީ
ގުދުރަތީ އެކި މޭވާތަކުން ތައްޔާރުކޮށްފައިވާ ސްމޫތީތަކަކީ ވެސް ކަސްރަތުގެ ކުރިން ބޭނުން ކުރަން ރަނގަޅު ބުއިމެކެވެ. ސްމޫތީ ތައްޔާރު ކުރުމުގައި އާޓިފިޝަލް އެއްޗެހި ބޭނުން ކުރުމުގެ ބަދަލުގައި ގުދުރަތީ ތަކެތި ބޭނުންކުރަން ސަމާލުވާންވާނެ އެވެ.
ޔޯގަޓް
ކިރުގެ ބާވަތެއްގެ ގޮތުގައި ބެލެވޭ ޔޯގަޓްއަކީ ހަށިގަނޑަށް ބޭނުންވާ ބުންވަރު ވަރަށް އަވަހަށް ގެނުވައިދީ ކަސްރަތުގެ ސެޝަން އިތުރަށް ފުރިހަމަ ކޮށްދޭ ކެއުމެކެވެ. ޔޯގަޓާ އެކު ރޯ މޭވާ ބޭނުން ކުރެވިދާނެ އެވެ.