އިނގިރޭސި މަޝްހޫރު ފިލްމް ފްރެންޗައިޒްއެއް ކަމަށްވާ "ޖޭމްސް ބޮންޑް"ގެ ކުރީގެ ތަރި ޖޯޖް ލަޒެންބީ ފިލްމީ ދާއިރާއާ ދުރަށް ދިޔަކަން އިއުލާން ކޮށްފި އެވެ.

އުމުރުން 84 އަހަރުގެ ލަޒެންބީ އޭނާގެ ރަސްމީ އިންސްޓަގްރާމް އެކައުންޓުގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އެކްޓު ކުރުމުގެ އިތުރުން އިންޓަވިއު ދިނުމާއި އޮޓޯބައޮގްރަފީ ތަކުގައި ސޮއި ކުރުން ވެސް މިހާހިސާބުން ނިމުނީ ކަމަށެވެ.

"މިއީ އަހަރެން ފަހަތަށް ޖެހެންވީ ވަގުތު. މި ދަތުރަކީ ވަރަށް ތަފާތު ތަޖުރިބާއެއް ކުރެވުނު ދަތުރެއް. އެކަމަކު ކުރިއަށް ދާން އަހަރެންގެ އުމުރު ޖާގައެއް ނުދޭ،" ޖޯޖް ބުނެފައިވެ އެވެ.

އެއާއެކު ޖޯޖް ވަނީ 11 އަހަރު ވަންދެން އޭނާގެ ކަންތައްތައް ބެލެހެއްޓި މެނޭޖަރަށް ޝުކުރު އަދާކޮށް މިހާރު ބޭނުންވަނީ އާއިލާއާއެކު ވަގުތު ހޭދަކުރަން ކަމަށް ބުނެފަ އެވެ.

"އަަހަރެންގެ ކެރިއަރުގައި ކުރި މަސައްކަތްތަކަށް ސަޕޯޓުކޮށް ލޯބިދިން އެންމެންނަށް ހިތުގެ އަޑިން ޝުކުރު އަދާ ކުރަން،" ޖޯޖް ބުންޏެވެ.

1969 ވަނަ އަހަރުގެ ޖޭމްސް ބޮންޑް ފިލްމުން މަޝްހޫރުވި ޖޯޖްއަކީ އެ ފިލްމު ފްރެންޗައިޒްގެ ލީޑު ރޯލަކުން ފެނިގެންދިޔަ އެމެރިކާއަށް ނިސްބަތް ނުވާ ހަމައެކަނި ތަރި އެވެ. އޭނާއަކީ އޮސްޓްރޭލިއާގެ މީހެކެވެ.