މިދިޔަ މަހު ރާއްޖެއަށް 96،881 ޓޫރިސްޓުން އަތުވެއްޖެ އެވެ.
ޓޫރިޒަމް މިނިސްޓްރީން އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ރާއްޖެއައި ޓޫރިސްޓުންގެ އަދަދު ޖެނުއަރީ މަހަށް ވުރެ ވަނީ އިތުރުވެފަ އެވެ. ނަމަވެސް އެއީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހާ އަޅާބަލާއިރު 33 ޕަސެންޓް ދަށް އަދަދެކެވެ.
އެ މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ މިހާތަނަށް ރާއްޖެ އައީ 318،562 ޓޫރިސްޓުންނެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 40.7 ޕަސެންޓް ދަށް އަދަދެކެވެ.
މިދިޔަ މަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހުގެ ތެރޭގައި އެންމެ ގިނައިން ޓޫރިސްޓުން އައިސްފައި ވަނީ 20 ވަނަ ދުވަހު އެވެ. އެ ދުވަހު އެކަނި 5،268 ޓޫރިސްޓުން ރާއްޖެ ޒިޔާރަތްކޮށްފަ އެވެ.
ވިލާ ގްރޫޕުން ލަންކާއަށް އެހީވުމަށް 100،000 ޑޮލަރު ހަދިޔާކޮށްފި
ވިޓަމިން ސީ: ކުރިން ނޭނގޭ ދެތިން ކަމެއް!
ފިލައިގެން ފުރަން ގޮސް ހުއްޓައި އެއާޕޯޓުން ސަނީ ހައްޔަރުކޮފި