ރާއްޖެ އައި ނެދަލޭންޑްގެ ރައްޔިތެއްގެ ލަގެޖުން ހަ ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން މިއަދު ބުނެފި އެވެ.
ކަސްޓަމުން މިއަދު ބުނީ މި މަހުގެ 11 ވަނަ ދުވަހު ރާއްޖެ އައި މީހެއްގެ ލަގެޖުން މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެތިނޯން އަތުލައިގެންފައިވާ ކަމަށެވެ.
އެ ތަކެތީގެ ޖުމްލަ ބަރުދަނުގައު 6.070 ކިލޯގްރާމް ހުއްޓެވެ. އޭގެ މަގުމަތީ އަގު 9,105,000.00 ދިވެހި ރުފިޔާއަށް އަރާނެ ކަމަށް ކަސްޓަމުން ބުނެ އެވެ.
މި ތަކެތި ފެނިފައި ވަނީ ގަތަރުގެ ދޯހާއިން ރާއްޖެއައި ނެދަލޭންޑްސްގެ 30 އަހަރުގެ ފިރިހެން ފަސިންޖަރެއްގެ ލަގެޖްގައި މަސްތުވާތަކެތި ރައްކާކޮށްގެން ގެނެސްފައިވާ ކަމަށް ޝައްކުކުރެވިގެން އެ ފަސިންޖަރުގެ ލަގެޖް ބަލައި ފާސްކުރުމުގެ ތެރޭގަ އެވެ.
މި މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް މައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެއްޗާއި ފަސިންޖަރު މިހާރު ފުލުހުންނާއި ހަވާލުކޮށްފައިވާ ކަމަށް ކަސްޓަމްސްއިން ބުނެ އެވެ.
ރިވިއު: ޑާކްރެއިންގެ "އަލްވަދާއު"އިން ހިތްތައް ރޮއްވާލައިފި
ލިޕްސްޓިކް ޖައްސާއިރު އޭގެ ހަގީގަތް އެނގޭތަ؟
އަތޮޅު ކައުންސިލް އުވާލުމުގެ ބިލް ރައީސް ތަސްދީގުކުރައްވައިފި