ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ހަތަރު މެންބަރުން ވަކިކުރުމަށް ރައީސް މުހައްމަދު މުއިއްޒަށް ލަފާ ދިނުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
މި މައްސަލަ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ވަނީ 63 މެމްބަރުންގެ އިއްތިފާގުންނެވެ.
ވަކިކުރަން ނިންމި ހަތަރު މެންބަރުންނަކީ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސް މުހައްމަދު މުނައްވަރު އަލީ، ނައިބު ރައީސް ހުސެއިން ޒައިދާންގެ އިތުރުން ދެ މެންބަރުން ކަމަށްވާ ހަދީޖާ ނައީމް އާއި އަހުމަދު އަޝްރަފު އެވެ.
ޓްރައިބިއުނަލްގެ ފަސް މެންބަރުންގެ ތެރެއިން ހަތަރު މެންބަރުން ވަކިކުރުމަށް ލަފާދިނުމަށް ފުރަތަމަ ފާސްކުރީ ރައްޔިތުން މަޖިލިސްގެ ޖުޑިޝަރީ ކޮމިޓީންނެވެ. އެ ކޮމިޓީން ނިންމާފައިވަނީ، އެ މެންބަރުން ނުފޫޒު ބޭނުންކޮށްގެން ވަކި ގޮތަކަށް މައްސަލަ ނިންމައި، ކޮރަޕްޝަންގެ އަމަލުތައް ހިންގާކަން ފާހަގަވެފައިވާ ކަމަށެވެ.
ރަސްމީ ރިޒާވް 1.13 ބިލިއަނަށް ވުރެ ގިނަ: ރައީސް
އެޕްސްޓީން ފައިލްތަކުން ހާމަވި ބިރުވެރި ބައެއް ހަގީގަތްތައް!
ފަތުރުވެރިންތަކަކާ އެކު ލޯންޗެއް ބަންޑުން ޖަހާލައިފި