މާލޭގައި ހުންނަ ޔޫރޯ ސްޓޯރުގެ ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.
އަލިފާން ރޯވީ މއ. އޮލިވީނާގޭގެ ތިންވަނަ ފަންގިފިލާގަ އެވެ. މި ހާދިސާގައި މީހަކަށް އަނިޔާއެއް ލިބުނުކަމުގެ ރިޕޯޓެއް މިހާތަނަށް ލިބިފައިނުވާ ކަމަށް އެމްއެންޑީއެފް އިން ބުނެ އެވެ.
އެމްއެންޑީއެފުން ބުނީ އެތަނުގައި ރޯވި އަލިފާންގަނޑު މިހާރު ނިއްވާލާފައިވާ ކަމަށެވެ. އެ ގުދަނުގައި ރޯވީ ކަރަންޓު ބޯޑެއް ޝޯޓުވެގެން ކަމަށް އެމްއެންޑީއެފް އިން ބުނެ އެވެ.
ރޯވި ގުދަނުގައި ގިނަ އަދަދެއްގެ މުދާ ރައްކާކޮށްފައި ހުއްޓެވެ. ނަމަވެސް މި ހާދިސާގައި ލިބުނު ގެއްލުމުގެ ތަފްސީލް އެންއެންޑީއެފުން އަދި ނުބުނެ އެވެ.

އޮމާންގެ ތެޔޮ ޓޭންކުތަކަށް ޑްރޯން ހަމަލާދީފި
ޑްރަގް ހުރި 63 ރަބަރު ޕެކެޓާއެކު މީހަކު ހައްޔަރުކޮށްފި