ޓްރާންސްޕޯޓް މިނިސްޓްރީގައި މައްސަލަތަކެއް އެބައުޅޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި މާލޭ ސިޓީގެ ދާއިރާތަކަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓުންނާ ބައްދަލު ކުރައްވައި މިރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެ މައްސަލަތަކާ ގުޅިގެން ޓްރާންސްޕޯޓް އޮތޯރިޓީގެ ގާނޫނު އުވާލަން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ޓްރާންސްޕޯޓް އޮތޯރިޓީގެ ގާނޫނު އުވާލުމުގެ ބިލްގެ ޑްރާފްޓް އެޓާނީ ޖެނެރަލްގެ އޮފީހުން މިހާރު ވަނީ ރައީސް އޮފީހަށް ފޮނުވާފަ އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީގެ ކޮރަޕްޝަން މައްސަލަތަކެއް ދާދިފަހުން ވަނީ ފެންމަތިވެފަ އެވެ. ނަމަވެސް އެ މައްސަލަތަކާ ގުޅިގެން އެއްވެސް ފިޔަވަޅެއް ރައީސް އަޅުއްވާފައެއް ނުވެ އެވެ.
ރައީސް ވިދާޅުވީ ޓްރާންސްޕޯޓް އޮތޯރިޓީގެ ގާނޫނު އުވާލައި ޓްރާންސްޕޯޓު މިނިސްޓްރީގެ އޮނިގަނޑަށް ގެނެވޭ ބަދަލުތަކާއެކު، މިނިސްޓްރީގެ ހިނގުން އަވަސްވެގެންދާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
މީގެއިތުރުން ވެހިކަލް ރަޖިސްޓްރީ ކުރުމުގެ ކަންކަން ލާމަޒު ކުރަން ނިންމާފައިވާ ކަން އެމަނިކުފާނު ހާމަކުރެއްވި އެވެ.

އެމްއެސްއެލް އިން މިސާލެއް: ސަރުކާރުން ތަކުރާރު ކުރާ ބޮޑު ގޯސް
ސްކޭމްގެ މައްސަލަތަކުގައި މިދިޔަ ހަފްތާ ފަސް ލައްކަ ގެއްލުނު!
އިސްލާމް ދީން ގަބޫލު ކުރާނަންތޯ އެހުމުން ގައުރީ ބުނީ ކީކޭ؟

އެމްޑީޕީގެ މިނިސްޓަރުން ހިންގާއެއްވެސް ވުޒާރާއެއްގައި މައްސަލައެއްނެތް ދެއްތޯ. އަދިވެސް ޕާޓީމީހުންނައް ކޮރަޕްސަނުގެ ފައިސާކެވޭލެއްމަދީތޯ. ރައްޔިތުން އިހުތިޖާޖު ކުރަމުން ދާއިރުވެސް ފުލެޓްތަކުގެ މައްސަލައިގަ ބަހެއްވިދާޅު ނުވެވުނީކީއްވެތޯ. ހަމައޯގާ ތެރިވެފަ ހިތްތިރިވީމަ ދެއްތޯ.
ޓްރާންސްޕޯޓް އޮތޯރިޓީގެ ޤާނޫނެއްނޫން އުވާލަންވީ. ޤާނޫނުއަސާސީން އުވާލަންވީ. އޭރުން ހުންނާނީ ވެރިކަންކުރެވިފައި. ދެން ލަލަލާ