ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އިތުބާރު ގެއްލޭފަދަ އެއްވެސް ކަމެއް ނުކުރުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސް ސޯލިހު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ބީއެމްއެލް އަކީ ވަރަށް ގިނަ އާންމުންނާ ވިޔަފާރިވެރިންގެ ދިރިއުޅުމާ ގުޅިފައިވާ ތަނެއް ކަމަށާއި އަބަދުވެސް އެންމެންގެ ފުރިހަމަ އިތުބާރު އޮންނަން ޖެހޭ ތަނެއް ކަމަށެވެ.
"ސަރުކާރުން ވިޔަސް ބީއެމްއެލްއަށް އޮތް އިތުބާރު ގެެއްލޭ ފަދަ އެއްވެސް ކަމެއް ކޮށްގެން ނުވާނެ. ބީއެމްއެލްއަށް ކުރާ އިތުބާރު ގެއްލިއްޖެނަމަ އެއީ މުޅި މުޖަތަމައަށް ލިބޭނެ ބޮޑު ދެރައެއް. އެއީ ރައްޔިތުންގެ ބޭންކު،" ސޯލިހުގެ ޕޯސްޓުގައި ވިދާޅުވި އެވެ.
ބީއެމްއެލްއަށް ޑޮލަރު ލިބުން ދަތިވެ، ނިމިދިޔަ އޮގަސްޓް މަހު ރުފިޔާ ކާޑުތަކުން ޑޮލަރު މުއާމަލާތްތައް އެއްކޮށް ކަނޑާލަން ނިންމާ އިއުލާންކުރުމާއެކު ސަރުކާރުން ޕްރެޝަރުކޮށް ހަމަ އެދުވަހު ވަނީ އެ ނިންމުން އަނބުރާ ގެންގޮސްފަ އެވެ.
އެ ނިންމުމާއެކު ބީއެމްއެލްއާއި އިދިކޮޅު ފަރާތްތައް ގުޅިގެން މާލީ ބަގާވާތެއް ގެންނަން އުޅުނުކަމަށް ސަރުކާރުން ތުހުމަތުކޮށް، ފުލުހުން އެކަމާއި ގުޅޭ ތަހުގީގެއް ފަށާފައިވަނިކޮށް އެ ބޭންކުގެ ސީއީއޯ މަގާމުގައި ހުންނެވި ކާލް ސްޓުމްކާ ވަނީ އިސްތިއުފާ ދެއްވާފަ އެވެ.
އެއާއެކު ސަރުކާރުން އިއްޔެ ވަނީ ބިއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް މުއިއްޒުގެ ކެބިނެޓް ސެކްރެޓަރީގެ މަގާމުގައި ހުންނެވި އަހްމަދު އަލީ ހަބީބު އައްޔަނުކުރަން ހުށަހަޅާފަ އެވެ.
އެމްއެމްއޭ އިން މިފަހުން ގަވައިދަށް ގެނައި ބަދަލާއެކު ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަށް ވެސް ބޭންކުތައް ފަދަ މާލީ އިދާރާތަކުގެ މަގާމުތައް އަދާކުރެވޭނެ އެވެ.
ބީއެމްއެލް އަކީ ރަތްޔިތުން އިތުބާރު ނެތްތަނެއް ސަރުކާރުން ވެސްއިތުބާރެްނެއް ނޯންނާނެ ރަތްޔިތުންގެ އިތުބާރު ނެތިއްޔާ ދޮގެއްތޯ