ކ. ކާށިދޫއަށް ދަތުރު ކުރަމުންދާ ދޯންޏެއްގައި އަލިފާން ރޯވެގެން އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވާން ފަށައިފި އެވެ.
އެމްއެންޑީއެފުން ބުނީ މި ހާދިސާގެ ރިޕޯޓް ލިބިފައި ވަނީ މިއަދު ހަވީރު 15:14 ހާއިރު ކަމަށެވެ.
އެ ދޯނީގައި ދަތުރުކުރަމުން ދިޔައީ ތިން ބިދޭސީންނާއި ދެ ދިވެހިން ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
މިއަދު ހެނދުނު ދ. ކަނޑިންމަ ރިސޯޓަށް ފެން ހިފައިގެން ދަތުރުކުރަމުންދިޔަ "ހަމްދު" ނަމަކަށް ކިޔާ މުދާ އުފުލާ ދޯނީގައި ވެސް ވަނީ އަލިފާން ރޯވެފަ އެވެ.
އެ ދޯނީގެ އިންޖީނު ރޫމުގައި ރޯވި އަލިފާން ނިއްވާލާފައިވަނީ މިއަދު މެންދުރުފަހު 2:20 އެހާއިރު އެވެ.
މަހުދީގެ މަރުގެ ސެޓްފިކެޓް ބަދަލުނުކޮށްދޭތީ އާއިލާގެ ކަންބޮޑުވުން
މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސް
އެއްވެސް ރަށެއްގެ ހެޑްލީސް ވިއްކާލަން ނިންމާފައިނުވާނެ:އެމްޓީޑީސީ