ބޯކޮށް ވާރޭ ވެހި، ވައިގަދަ ވާނެ ކަމަށް ލަފާކޮށް ދެކުނުގެ ތިން އަތޮޅަށް ޔެލޯ އެލާޓު ނެރެފި އެވެ.
މޫސުމާބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ދެކުނުގެ ހަތަރު އަތޮޅަކަށް ފަތިހުން ފެށިގެންވަނީ ޔެލޯ އެލާޓް ނެރެފަ އެވެ. އެގޮތުން ފުރަތަމަ ޔެލޯ އެލާޓު ނެރުނީ ފަތިހު 5:30 އިން 8:30 އަށެވެ، އޭގެފަހުން ޔެލޯ އެލާޓްވަނީ މެންދުރު 12:30 ހަމައަށް ދަންމާލާފަ އެވެ.
އެލާޓް ނެރެފައިވާ ގއ. އަތޮޅު، ގދ. އަތޮޅު، ފުވައްމުލައް އަދި އައްޑޫ ސިޓީ އަށް ބޯކޮށް ވާރޭވެހި، ގުގުރުމާއެކު، ވިލާގަނޑުގައި 45 މޭލަށް ވައިގަދަވާނެކަމަށް މެޓް އޮފީހުން ބުނެ އެވެ. މީގެ އިތުރުން ކަނޑުތައްވެސް ގަދަވާނެ ކަމަށް ލަފާކޮށްފައިވެ އެވެ،
"ޖޭމްސް ބޮންޑް"ގެ ގޮތުގައި އާ މޫނެއް؟
ވިލާ ގްރޫޕުން ލަންކާއަށް އެހީވުމަށް 100،000 ޑޮލަރު ހަދިޔާކޮށްފި
ކައުންސިލް އިންތިހާބަށް އެމްޑީޕީން 58 ދާއިރާގައި ޕްރައިމަރީއަކަށް