އިންޑިއާގެ ވެރިރަށް ނިއުދިއްލީގެ މަގުތަކުގައި ދިވެހި ދިދަޖަހައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް މަރުހަބާ ކިޔަން އެ ގައުމުން ތައްޔާރުވެއްޖެ އެވެ.
ދިވެހި ދިދަތައް ޖަހައި ރައީސް މުއިއްޒަށް މަރުހަބާ ކިޔަން ދިއްލީގެ މަގުތައް ޒީނަތްތެރިކޮށްފައިވާ ފޮޓޯތައް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި ރައީސް މުއިއްޒު އިންޑިއާއަށް ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ މާދަމާ ރޭގެ ވަގުތެއްގަ އެވެ.
ރައީސްގެ އަރިހުގައި ވަޒީރުންގެ ވަފްދެއް ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ. އެ ދަތުރުފުޅުގައި ރާއްޖެ އާއި އިންޑިއާއާ ދެމެދު ރަސްމީ މަޝްވަރާތައް ބާއްވާނެ އެވެ. އެގޮތުން ބޯހިޔާވަހިކަމުގެ މަޝްރޫއު ހިންގުމަށް އިންޑިއާގެ އެގްޒިމް ބޭންކުން ލޯނު އެހީ ހޯދުމަށް ރައީސް މުއިއްޒު ރަސްމީކޮށް އެ ގައުމުގައި އެދިވަޑައިގަންނަވާނެ ކަމަށް ވެސް މައުލޫމާތު ލިބެ އެވެ.
އިންޑިއާ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް އެނބުރި މާލެވަޑައިގަތުމަށް ހަމަޖެހިފައި ވަނީ އަންނަ ބުރާސްފަތި ދުވަހު އެވެ.
އިދިކޮޅުގައި ހުންނެވިއިރު، އިންޑިއާ އައުޓް ކެމްޕޭންގައި ރައީސް މުއިއްޒާއި މި ސަރުކާރުގެ ބައެއް އިސްވެރިން ބައިިވެރިވެފައިވާތީ ދެ ގައުމުގެ ގުޅުން ވަރަށް ބޮޑަށް ހީނަރުވި އެވެ. އެކަމަކު މިހާރު އަންނަނީ ގުޅުން ރަނގަޅުވަމުންނެވެ.
ސަމާލުވޭ! އެނާޖީ ބުއިންތަކަކީ ކިޑްނީ ސިއްހަތުގެ "ދުޝްމަނެއް"!
ހުސްފަޔާ ހިނގުން: ދުޅަހެޔޮ ސިއްހަތަކަށް އޮތް ސިއްރެއް!
އީރާންގެ ވެރިކަން ބަދަލު ނުވުމުން މޮސާޑުގެ ދެ ވެރިން ވަކިކޮށްފި

ތިއޮތީ ރީތި ބަހުން އިންޑިއާ އައުޓަށް ޖަވާބު ދީފަ