ނަސްރުގެ ދުވަސް ފާހަގަކުރުމަށް ރޭ ބޭއްވި ރަސްމީ ޖަލްސާގައި މަޖިލިސް ރައީސް އަބްދުއް ރަހީމް އަބްދުﷲ އާ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ސަލާމް ނުކުރެއްވި އެވެ.
ދައުރުވަމުންދާ އެ ޖަލްސާގެ ވީޑިއޯއިން ފެންނަ ގޮތުން ރައީސް މައުމޫން އިށީންދެ ވަޑައިގަތުމަށް ވަޑައިގެންނެވި ވަގުތު ކުރީގެ ފަސްޓް ލޭޑީ ނަސްރީނާ އިބްރާހިމް އާއި ޖެހިގެން އަބްދުއްރަހީމް ހުންނެވި އިރު، ރައީސް މައުމޫން އަބްދުއް ރަހީމްއާ ސަލާމް ނުކުރައްވައި ބައްލަވާވެސް ނުލެއްވިތަން ފެނިގެން ދިޔަ އެވެ. އެވަގުތު އަބްދުއްރަހީމްގެ މޫނުމަތިން އެކަމުގެ ކަންބޮޑުވުން ފެންނަން ހުރިކަމަށް ގިނަބަޔަކު ދަނީ ބުނަމުންނެވެ.
ކުރިން ޕީޕީއެމްގެ ރައީސް ކަމުގައި ރަައީސް މައުމޫން ހުންނެވިއިރު، އަބްދުއްރަހީމަކީ ވަރަށް އަރިހުގައި އުޅުއްވި ބޭފުޅެކެވެ. ނަމަވެސް ރައީސް ޔާމީންގެ ދައުރުގައި ޕާޓީ ބައިވެގެން ދިޔަ ދުވަސްވަރު އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ރައީސް މައުމޫންއަށް ކުޑައިމީސްކޮށް ވާހަކަދައްކަވާފަ އެވެ. ނަމަވެސް ފާހަގަކޮށްލެވޭ ގޮތުގައި މިހާތަނަށްވެސް ރައީސް މައުމޫން އަބްދުއްރަހީމްއާއި ގުޅޭގޮތުން އެއްވެސް އެއްޗެއް ވިދާޅުވެފައިނުވެ އެވެ.
ރޭ ދަރުބާރު ގޭގައި ބޭއްވި ޖަލްސާގައި ފެނުނު މަންޒަރުން ގިނަ ބަޔަކު ބުނަމުންދަނީ ރައީސް މައުމޫން އަބްދުއްރަހީމަށް ހިމޭން ރައްދެއް ދެއްވީ ކަމަށެވެ.
ރައީސް މައުމޫންގެ ވެރިކަމުގައި 1988 ވަނަ އަހަރުގެ 3 ނޮވެމްބަރުގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާއިން ޤައުމު ސަލާމަތްކުރެއްވުމަށް އޭރުގެ ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން ރައީސް މައުމޫން ކޮށްދެއްވި އަގުހުރި ހިދުމަތް މި ސަރުކާރުން ވަރަށް ބޮޑަށް ފާހަގަކޮށްފައިވެ އެވެ.
ބޮޑު އަގުގައި ޑޮލަރު ވިއްކަމުންދިޔަ ދެ ބިދޭސީއަކު ހައްޔަރުކޮށްފި
ހަމަ ނިދި ނުލިބޭނަމަ ކެންސަރަށް މަގުފަހި ވޭތަ؟
ހޫތީންގެ ހަމަލާތައް ތާއިފް ހިމެނޭހެން ސައުދީގެ ތިން ސިޓީއަކަށް
