ގިނައިރު އަވީގައި އުޅުމުން ނުވަތަ ފެނާ މާ ގިނައިރު ކުޅުމުން ހަތަރެސްފައާއި މޫނުން ހަަންފޮޅުމަކީ ގިނަ ބަޔަކަށް ދިމާވާ ކަމެކެވެ. ހަންގަނޑާ ނުގުޅޭ ޒާތުގެ ޕްރޮޑަކްޓެއް ބޭނުން ކުރެވިއްޖެ ނަމަ ވެސް މިހެން ވެދާނެ އެވެ. ގައިން ހަންފޮޅޭނަމަ ގަދަކަމުން ހަންތައް ނެއްޓުމުގެ ބަދަލުގައި ރަނގަޅުވާނީ އެދެވޭ ހައްލެއް ހޯދުމެވެ.
ގިނައިން ފެން ބުއިން
ހަށިގަނޑުން ފެން މަދުވުމަކީ ހަމުގެ މައްސަލަތައް ދިމާވާ ސަބަބެކެވެ. ހަންފޮޅުން ކަހަލަ ކަމެއް ދިމާވެއްޖެ ނަމަ އަބަދުވެސް ހައިޑްރޭޓްކޮށް ހުރެވޭތޯ ބަލަންވާނެ އެވެ. މިއީ ހަންފޮޅުން ކުޑަކޮށްދޭނެ ކަމެކެވެ.
ގަދަޔަށް ހަންގަނޑު ނުއުނގުޅުން
ގައިގެ އެއްވެސް ތަނަކުން ހަންފޮޅޭ ނަމަ އެތަނެއް ގަދަޔަށް އުނގުޅުން ރަނގަޅެއް ނޫނެވެ. ފެން ހިއްކާއިރު ވެސް ތުވާލިން ގަދަޔަށް ފެން ފޮހުމުގެ ބަދަލުގައި މަޑުމަޑުން ތުވާލި ޖައްސައިގެން ފެން ހިއްކާށެވެ.
މޮއިސްޗަރައިޒް ކުރުން
އަތްފައިން ހަންފޮޅިގެން އުޅޭ ނަމަ ފެންވަރާ ކޮންމެ ފަހަރަކު މޮއިސްޗަރައިޒާއެއް ބޭނުންކުރަންވާނެ އެވެ. ނޫން ނަމަ ހަންގަނޑު މާބޮޑަށް ހިކޭނެ އެވެ.
ހަންގަނޑު ހިކޭ އެއްޗެހި ބޭނުންކުރުން މަދު ކުރުން
ބައެއް ސައިބޯންޏާއި ހޭންޑް ވޮޝްތަކުގެ ސަބަބުން ހަންގަނޑު ހިކެ އެވެ. ހާއްސަކޮށް އެންޓިބެކްޓީރިއަލް ސައިބޯންޏާއި ޑިއޯޑޮރެންޓް ސޯޕެވެ.
ޒުވާނުންގެ މުޒާހަރާއާއެކު އިންޑިއާ ސިޔާސީ ނުތަނަވަސްކަމުގައި
އެމެރިކާއިން ހަނގުރާމައަށް 37.5 ބިލިއަން ޑޮލަރު ހަރަދުކޮށްފި
ރާއްޖެ އެތެރެކުރަން އުޅުނު 4.4 މިލިއަންގެ ޑްރަގް އަތުލައިގެންފި