ސަރުކާރުން މީޑިއާ ކޮންޓްރޯލްކުރާގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލު އަނބުރާ ގެންދިއުމަށް ހުށަހަޅުއްވާފައިވާނެ ކަަމަށް، އެ ބިލު ހުށަހެޅުއްވި ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާން އަބޫބަކުރު މިއަދު ވިދާޅުވެއްޖެ އެވެ.
ހަންނާނު މިއަދުގެ މަޖިލިސް ޖަލްސާގައި މިހެން ވިދާޅުވެފައި މިވަނީ ސަރުކާރު އަޑީގައި އޮވެގެން ރައްޔިތުން މަޖިލީހަށް ހުށަހެޅުއްވި "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން" ނަމުގައި ކޮމިޝަނެއް އުފައްދުމުގެ ބިލާއި ގުޅިގެން ނޫސްވެރިންނާއި މީޑިއާތަކުން އަދި އާންމުންގެ ފާޑުކިޔުން ވަރަށް ބޮޑަށް ސަރުކާރަށް އަމާޒުވެފައިވަނިކޮންނެވެ.
މީޑިއާތައް ކޮންޓްރޯލް ކުރުމަށް ހުށަހަޅާފައިވާ ބިލުގައި ވަނީ މިހާރުގެ މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އުވާލައި މީޑިއާ ކޮމިޝަނެއް އުފައްދައި އެ ކޮމިޝަން ސަރުކާރަށް ކޮންޓްރޯލްކުރެވޭގޮތަށް އެކުލަވާލުމަށެވެ. އެގޮތުން އެ ކޮމިޝަނުގެ ރައީސާއި ނައިބު ރައީސް އައްޔަން ކުރާނީ ރައީސުލްޖުމްހޫރިއްޔާ ކަމަށް އެ ބިލުގައިވެ އެވެ.
މި ބިލު މަޖިލީހުން ބޭރުކޮށްލާނެކަމަށް ރައީސް މުހައްމަދު މުއިއްޒުވެސް ވަނީ ވިދާޅުވެފަ އެވެ.
މިފަދަ ބިލެއް މަޖިލީހަށް ހުށަހަޅާފައިވަނީ ރައީސް މުހައްމަދު މުއިއްޒުގެ ދޮންމަމާފުޅާ މެދު ރައީސް އަމަލުކުރެއްވި ގޮތްކަމަށް ބުނެ އޮންލައިން ނޫހަކުން ހެދި ޑޮކިއުމެންޓްރީއަކަށް މީޑިއާ ކައުސިލުން އެވޯޑެއް ދިން މައްސަލަ ވަރަށް ބޮޑަށް ގޯސްވި ދުވަސްވަރެއްގައިކަން ފާހަގަކޮށްލެވެ އެވެ.

ރަމަޟާން މަހު ޖިއްދާގެ މި މިސްކިތަށް އިތުރު ހާއްސަ ކަމެއް!
ރޯދަ މަލާފަތް: އަނގަައަށް މީރު ކަނަމަދު ކޭކު!
މުއްސަނދިގެން ޕްރައިވެޓް ޖެޓްތައް ރާއްޖެއަށް