ރޭ ދަންވަރު ހުޅުމާލެ ފޭސް 2ގައި ފުލުހުންގެ ކާރަކާއި ސައިކަލެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި އަނިޔާވި ޒުވާނާ ވެންޓިލޭޓަރަށް ލައިފި އެވެ.
އެކްސިޑެންޓުގައި ޒުވާނާއަށް ސީރިއަސް އަނިޔާތަކެއް ވަނީ ލިބިފަ އެވެ.
އެކްސިޑެންޓް ހިނގާފައިވަނީ ޒުވާނާ ދުއްވާފައި ދިޔަ ސައިކަލް ފުލުހުންގެ ކާރެއްގައި ޖެހިގެންނެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެންނަގޮތުން ފުލުހުންގެ ކާރަށާއި ސައިކަލަށް ބޮޑެތި ގެއްލުންތަކެއް ވަނީ ވެފަ އެވެ.
ފުލުހުން ބުނީ އެކްސިޑެންޓްގައި އަނިޔާވި 18 އަހަރުގެ ޒުވާނާއަށް ސީރިއަސް އަނިޔާތަކެއްވެފައިވާ ކަމަށެވެ. އަދި އޭނާގެ ހާލު ސީރިއަސް ކަމަށް ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން ބުންޏެވެ.
އެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
ސީޓް އިތުރުކޮށް ޓިކެޓް ވިއްކަނީ؛ އަގު 5،000 ޑޮލަރުން މަތީގައި
އެއްބަސްވުމާ ހިލާފުވެ، އިޒްރޭލުން ލުބްނާނަށް ހަމަލަދޭން ފަށައިފި
މަޝްވަރާތަކަށް އީރާނުގެ ހާރިޖީ ވަޒީރު ޕާކިސްތާނަށް ވަޑައިގެންފި