މޫސުން ވަރަށް ބޮޑަށް ގޯސްވެ، ބ. އަތޮޅުން ފެށިގެން ތ. އަތޮޅަށް އޮރެންޖް އެލާޓް ނެރެއިފި އެވެ.

މެޓުން ނެރެފައިވާ އެލާޓްގައި ވަނީ އެ ސަރަހައްދަށް ގުގުރުމާ އެކު ބޯކޮށް ވާރޭވެހި ފެންބޮޑުވާނެ ކަމަށް ލަފާކޮށްފަ އެވެ.

އެލާޓް ނެރުނީ މިއަދު 3:00 އިން ފެށިގެން ރޭގަނޑު 7:00 ޖެހުމާ ހަމައަށެވެ.

މީގެ އިތުރުން މެޓުން ވަނީ ބޯކޮށް ވާރޭވެހުމާ އެކު ގުގުރައި އަދި ވިލާގަނޑުގައި 45 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށް ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް ޔެލޯ އެލާޓް ވެސް ނެރެފަ އެވެ.

މުޅި ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ހަ ރަށެއްގައި ފެން ބޮޑުވެ ސިފައިން ދަނީ ހަރަކާތްތެރި ވަމުންނެވެ. މީގެ އިތުރުން ބައެއް ރަށްތަކަށް އުދައަރައި ވަނީ ގެއްލުންތަކެއް ލިބިފަ އެވެ.

މެޓުން ވަނީ މިއަންނަ އާދިއްތަ ދުވަހާއި ހަމައަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.