މަޝްހޫރު ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ ޓިކްޓޮކް އެމެރިކާގައި މަނާކުރި ފަހުން ވެސް އެގައުމުގެ ބައެއް ރައްޔިތުންނަށް އެ އެޕްލިކޭޝަން ބޭނުން ކުރެވޭ ކަމަށް ބައެއް ރިޕޯޓުތައް ބުނެފި އެވެ.
މިހާރު އިންޓަނެޓުގައި ދައުރުވަމުންދާ ހަބަރުތައް ބުނާ ގޮތުގައި އެގައުމުގައި ޓިކްޓޮކް މަނާ ކުރިތާ 24 ގަޑިއިރު ނުވަނީސް ބައެއް މީހުންނަށް އެ އެޕްލިކޭޝަން ބޭނުންކުރެވެ އެވެ.
އެމެރިކާގައި އަލުން ޓިކްޓޮކް ބޭނުން ކުރެވޭ ގޮތް ހަދާފައި މިވަނީ އެގައުމުގެ އިންތިހާބީ ރައީސް ރައީސްކަމުގެ ހުވާ ކުރި ދުވަހުކަން ފާހަގަ ކޮށްލެވެ އެވެ.
ޓްރަމްޕް ވަނީ އޭނާގެ ރިޔާސީ ތަގުރީރުގައި އެމެރިކާއަށް ޓިކްޓޮކް އަލުން ގެންނާނެ ކަމަށް ބުނެ ބައިޑަންގެ ސަރުކާރަށް ގޮންޖަހާފަ އެވެ.
ކުރީގެ ރައީސް ބައިޑަންގެ ސަރުކާރުން ޓިކްޓޮކް މަނާކުރީ ސަލާމަތީ ސަބަބުތަކަށްޓަކައި ކަމުގައި ބުނި ނަމަވެސް އެއީ ޗައިނާއާއެކު އޮތް ދެކޮޅުވެރިކަމުގެ ސަބަބުން ނިންމި ނިންމުމެއް ކަމަށް ގިނަ ބަޔަކު ބުނެ އެވެ.
އެހެން ނަމަވެސް އާ ސަރުކާރު ހުވާ ކުރުމާއެކު ޓިކްޓޮކުން ވެސް ވަނީ އެމެރިކާގައި އެ ކުންފުނީގެ ހިދުމަތް އަލުން ދޭން ފަށާފައިވާ ކަމަށް ބުނެފަ އެވެ.