ކުޅުދުއްފުށި ސިޓީގައި ކުޑަކުއްޖަކު ޕިކަޕެއް ދުއްވަނިކޮށް އެކްސިޑެންޓުވި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
ކުޅުދުއްފުށީގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ޕިކަޕެއް، އެއާޕޯޓުގެ ފެންސުގައި ޖެހޭ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.
ފުލުހުން ބުނީ އެ ޕިކަޕް ދުއްވާފައި ވަނީ 18 އަހަރުން ދަށުގެ ކުޑަކުއްޖެއް ކަމަށެވެ. ފުލުހުން ވަނީ އެ ޕިކަޕް މިހާރު ޓޯކޮށްފަ އެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯއިން، ޕިކަޕް ކޮންޓްރޯލް ނުވެގެން ގޮސް އެއާޕޯޓްގެ ފެންސްގައި ޖެހޭތަނާއި ޕިކަޕުން ކުޑަކުއްޖާގެ އިތުރުން އިތުރު މީހަކު ފައިބާ މަންޒަރު ވެސް ފެނެ އެވެ.
ތެލަސީމިއާ ބަލި މީހުންގެ އިނާޔަތަށް އެދެން ހުޅުވާލައިފި
ސަފާރީއެއްގައި ބަނގުރާ ވިއްކަމުން ދިޔަ ބަޔަކު ހައްޔަރުކޮށްފި
ލޯތައް އަމާޒުވި ފިލްމު "ހައްގު" ނެޓްފްލިކްސްއަށް!
