މާލޭގައި ފެންބޮޑުވާ މައްސަލަ ހައްލުކުރަން މަޖީދީމަގުގެ ބައެއް ބަންދުކުރަން މާލޭ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

މާލޭ ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ވަނީ އަންނަ ބުރާސްފަތި ދުވަހުން ފެށިގެން އާދީއްތަ ދުވަހުގެ ނިޔަލަށް ބަންދު ކުރަން ނިންމާފައި ވަނީ ރަށްދެބައި މަގާއި ދަބުރުއް މަގާ ދެމެދުން މަޖީދީ މަގު ކަމަށެވެ.

ބަންދުކޮށްފައި އޮންނަ ވަގުތުގައި އެ ސަރަހައްދުން ވެހިކަލްތަކަށް ނުދުއްވޭނެއެވެ.

ސިޓީ ކައުންސިލުން މިހާރު ކުރަމުން އަންނަނީ މާލޭގައި ފެންބޮޑުވުމުގެ މައްސަލައަށް ވަގުތީ ހައްލެއް ހޯދުމަށެވެ. އެ މަސައްކަތް ކުރަނީ އެކި ސަރަހައްދުތަކަކަށް ބަހާލައިގެންނެވެ.

މާލޭގައި ފެންބޮޑުވާ މައްސަލަައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ވަނީ މާލޭގެ މަގު ހެދުމުގެ މަސައްކަތް ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފައެވެ. އެ މަސައްކަތް ކުރަން ނިންމާފައި ވަނީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުންނެވެ.