ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ރިޔާސަތުން ވަކިކުރުމުގެ ނުރަސްމީ މަޝްވަރާތައް ވެރިކަންކުރާ ޕީއެންސީން އަނެއްކާވެސް ފަށައިފި އެވެ.
މި ސަރުކާރު އުފެދުނުއިރު އެންމެ ބާރުގަދަ ބޭފުޅާގެ ގޮތުގައި ހުންނެވި އަބްދުއްރަހީމްގެ ދަރިކަލުން އިބްރާހީމް ފައިސަލް ޓޫރިޒަމް މިނިސްޓަރު ކަމުގެ މަގާމުން ވަކިކުރި ހަފްތާގައި ވެސް އެ މަޝްވަރާތައް ކުރިއަށް ގެންދިޔަ އެވެ. ނަމަވެސް ފަހުން ވަކި ހިސާބަކުން އެ މަޝްވަރާތައް މެދުކަނޑާލި އެވެ.
ޕީއެންސީގެ އޮފިޝަލަކު "ހުރިހާ"އަށް ވިދާޅުވީ އަބްދުއްރަހީމް މަޖިލީހުގެ ރައީސް ކަމުން ވަކިކުރުމުގެ ނުރަސްމީ މަޝްވާރަތައް އަނެއްކާވެސް ފެށިގެން ކުރިއަށްދާ ކަމަށެވެ.
"ރައީސް މުއިއްޒު ބޭނުންފުޅެއް ނުޥޭ އަބްދުއްރަހީމް މަޖިލީހުގެ ރައީސް ކަމުގަައި ބަހައްޓާކަށް. އޭނާއަށް މިހާރު އެއްވެސް ވަރަކަށް ރައީސް މުއިއްޒު އިތުބާރެއް ނުކުރައްވާ،" އޮފިޝަލް ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވިގޮތުގައި އަބްދުއްރަހީމް ވަކިކުރުމަށްފަހު ރައީސް ކަމަށް ގެންނާނެ ބޭފުޅަކާ މެދު ވެސް މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ. އެގޮތުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި މަޖިލީހުގެ މިހާރުގެ ނައިބު ރައީސް އަހްމަދު ނާޒިމާ ދެ ބޭފުޅުންގެ ނަން މަޝްވަރާ ކުރެވޭ ލިސްޓްގައި އެބައޮތް ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
"ނާޒިމް ވަރަށް ބޭނުންވާ ކަމެއް ރައީސް ކަމަކީ. ނާޒިމަކީ ރައީސް މުއިއްޒުގެ ދެބެންގެދަރި ބޭފުޅެއް. އަދި ވަކިގޮތެއް ނުނިންމޭ މަޝްވަރާތައް ކުރެވެމުންދަނީ،" އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މަޖިލީހުގެ ރައީސްކަމުން އަބްދުއްރަހީމް އަންނަ ހަފުތާގެ ތެރޭގައި ވަކިކުރާނެ ކަމަށެވެ. އަދި އެކަން ހިނގަމުންދާކަން އަބްދުއްރަހީމަށް ވެސް އެނގޭނެ ކަމަށް އެ އޮފިޝަލް ވިދާޅުވި އެވެ.
ޓޫރިޒަމް މިނިސްޓަރު ކަމުން ފައިސަލް ވަކިކުރެއްވުމުން އޮންލައިން ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި އަބްދުއްރަހީމް ވިދާޅުވީ ރައީސް މުއިއްޒާއި އޭނާގެ ގުޅުން ރަނގަޅުނަމަ ފައިސަލް ވަކިނުކުރައްވާނެ ކަމަށެވެ. އަދި މަގާމުން ވަކިކުރެއްވުމުން ފައިސަލް ދެން ސަރުކާރާއެކު ނުހުންނަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ޕީއެންސީގެ އޮފިޝަލް ވިދާޅުވީ އިއްޔެ ބޭއްވި ލ. ގަމު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ބައި އިލެކްޝަން އަބްދުއްރަހީމްގެ އެހީއާ ނުލައި ކާމިޔާބު ކުރުމަށް ވަރަށް ބޮޑު މަސައްކަތްތަކެއް ކުރި ކަމަށެވެ. އަދި އެކަން ވަނީ ކާމިޔާބުވެފަ އެވެ. ބައި އިލެކްޝަންގެ ކެމްޕޭންތަކުގައި އަބްދުއްރަހީމް ބައިވެރިއެއްނުވެ އެވެ.
"ޕީއެންސީއަށް ގަމުން ގޮނޑި ނެގުނީމަ ބުނެވޭނެތާ އަބްދުއްރަހީމް ދެން ބޭނުމެއް ނޫނޭ. އަބްދުއްރަހީމާ ނުލައި ވެސް ކުރިއަށް އޮތް އިންތިހާބުތައް ކާމިޔާބު ކުރެވިދާނެއޭ. އެހެންވީމަ އެއީ އޭނާ ވަކިކުރަން ދެއްކޭނެ މީހުން ގަބޫލުކުރާނެ ޒާތުގެ ވާހަކައެއް ނޫންތޯ،" އޮފިޝަލް ވިދާޅުވި އެވެ.
އެއީ މިހާރު ކިރަންޖެހޭ ކަމެއް ދެބަފައިންގެ ނުކޮއްސަރުކަމާ ކަށިޔާރުކަން ބޮޑުވުމުގެ އިތުރުން އައްދުއްރަހީމްގެ ބަސްމަގު ހުރި ގޮތުން ހީވަނީ ފައިސަލް ވަކިކުރުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގެންވާ އިޚްތިޔާރަކާއި ޒިންމާއެއް ނޫޏްހެން ޢަބްދުއްރަޙިމް ބުނަން ޖެހޭނެ ގޮތަކީ ފައިސަލް ކަމަށް ވިޔަސް ކުށެއް ކޮށްފިއްޔާ ތެދުވެރިކަން ނެތިއްޖެއްޔާ ވަކިކުރެއްވޭނެ ކަމަށް
ނެތުނީހޭ މިއަދު ބޭނުން އެކުލޯބިން ޕިޔާރު އުޅެފާ، މިކުރާ ހިތާމަތަކުގާ ދެކިލަން ނުވެސް އައީހޭ!