ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ރައީސް ހަމްދީ އަގީލް މަގާމުން ވަކިކޮށްފި އެވެ.
ސަރުކާރުގެ އޮފިޝަލަކު ވަނީ އެކަން "ހުރިހާ"އަށް ކަށަވަރުކޮށްދެއްވާފަ އެވެ.
ކުއްލިގޮތަކަށް ހަމްދީ އެ މަގާމުން ވަކިކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވި ސަބަބެއް ނޭނގެ އެވެ.
ޕީސީބީ އަކީ ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވެޓައިޒް ކުރުމާއި ކޯޕަރަޓައިޒް ކުރުމާއި މޮނިޓަކޮށް، އިވެލުއޭޓްކުރުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ބޯޑެކެވެ.
ޕީސީބީގެ ރައީސަކަށް ހަމްދީ އައްޔަންކޮށްފައި ވަނީ ނޮވެމްބަރު 22، 2023 ގަ އެވެ.
ހަމްދީ އަކީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރައީސް މުއިއްޒަށް ކެމްޕޭންކޮށްދިނުމުގައި އިސް ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ.
ރަޝިއާގެ މުދަލާއި ފައިސާ ހިފަހައްޓަން އީޔޫ އިން ނިންމައިފި
ބީއެމްއެލްގެ އިންޓާންޝިޕް ޕްރޮގްރާމަށް 25 އިންޓާނުން ހޮވައިފި
ކަޅުބާޒާރުގައި ވޯލްޑް ކަޕް ޓިކެޓުގެ އަގު 16،000 ޑޮލަރުން މަތީގަ
