މާލޭގައި ފެންބޮޑުވެ ސިފައިން ފެން ހިންދަން ނުކުމެއްޖެ އެވެ.
އެމްއެންޑީއެފް އިން މިރޭ ބުނީ މާލޭގެ ބައެއް މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން، ފެން ހިންދުމުގައި އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސްގެ ސިފައިން ދަނީ މާލޭގެ ތިން ސަރަހައްދެއްގައި ހަރަކާތްތެރިވަމުން ކަމަށެވެ.
ސިފައިން ހަރަކާތްތެރިވަމުން ދަނީ އައިޖީއެމްއެޗް ސަރަހައްދާއި ވެސްޓްޕާކް އަދި މާފަންނު ފެރީ ޓާމިނަލް ސަރަހައްދުގަ އެވެ.
ފެން ހިންދުމުގެ އިތުރުން ވެލިބަސްތާ ޖެހުމާއި އެހެނިހެން އެހީތެރިކަން ފޯރުކޮށްދިނުމުގައި މާލެ އޭރިއާ ކޮމާންޑްގެ ސިފައިން ހަރަކާތްތެރިވަމުން އަންނަ ކަމަށް ވެސް އެމްއެންޑީއެފް އިން ބުންޏެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ. މެޓް އޮފީހުން ބުނީ މާދަމާ ހެނދުނު ވަންދެން ހުއްޓުމެއް ނެތި މާލެ ސަރަހައްދަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ. އަދި މާދަމާއަށްފަހު މޫސުން ރަނގަޅުވާނެ ކަމަށް ލަފާކުރެވެ ކަމަށް ވެސް މެޓް އޮފީހުން ބުންޏެވެ.
އިންތިހާބަށްފަހު ފުވައްމުލަކުން ކަރަންޓު ކަނޑަން ފަށައިފި
ރިޓަޔާ ކުރަން ފަރުހާދު ފިކުރީއަށް ރައީސް މުއިއްޒު އަންގަވައިފި
ގަޕޯގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން ސޮއި ހަމަކުރަނީ
