ކ. ތިލަފުއްޓާ ދިމާ ބޭރުން 38 މީހުންނާ އެކު، ދަތުރުކުރަމުން ދިޔަ ލޯންޗެއް ދިޔަވުމުން ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދީފި އެވެ.

އެމްއެންޑީއެފުން ބުނީ "ސުވެނިއާ 34" ނަމަކަށް ކިޔާ އެ ލޯންޗު ދިޔަވާން ފެށީ ލޯންޗު ފަޅައިގެން ގޮސްގެން ކަމަށެވެ.

ލޯޗުން ދަތުރުކުރި މީހުންގެ ތެރޭގައި 34 ފަތުރުވެރިންނާއި ހަތަރު ކުރޫއިން ހިމެނެ އެވެ.

އެމްއެންޑީއެފުން ބުނީ މިއަދު މެންދުރު 14:00 ހާއިރު މީހުން ސަލާމަތްކޮށް ލޯންޗު ތިލަފުއްޓަށް ވައްދައިފައިވާ ކަމަށެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެއެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ވައިގަދަވެ، ކަނޑުތައް ގަދަވުމުގެ ސަބަބުން ކަނޑުމަތީގެ ހާދިސާތައް ދަނީ އިތުރުވަމުންނެވެ.

މިއަދު ހެނދުނު ވެސް ވަނީ އދ. ދިގުރަށުން ފުރައިގެން މާލެއަށް ދަތުރުކުރަމުން ދިޔަ ލޯންޗް "ހުވަން" އަޑިއަށް ގޮސްފަ އެވެ. އެ ލޯންޗުން 48 މީހުން ދަތުރުކުރިއިރު، ކުޑަކުދިންވެސް ހިމެނެ އެވެ.

އެ ހާދިސާގައި ކަނޑުވި އެންމެންވެސް ވަނީ ސަލާމަތްކޮށްފަ އެވެ.