ޕްރިމިއަމް އިކޮނޮމީގެ ނަމުގައި މޯލްޑިވިއަން އިން އަގުބޮޑު ޓިކެޓް ވިއްކަން އިތުރު ކްލާހެއް ތައާރަފުކޮށްފި އެވެ.
ވައިގެ ދަތުރުފަތުރުގެ ހިދުމަތް ދޭ ސަރުކާރު ކުންފުނީގެ ފްލީޓްގައި ހިމެނޭ އޭޓީއާރުތަކާއި ޑޭޝް ގެ ބޯޓުތަކުން މީގެކުރިން ވިއްކަމުން ދިޔައީ އިކޮނޮމީ ކްލާސް ޓިކެޓް އެކަންޏެވެ. ނަމަވެސް އެ ކުންފުނިން ވަނީ އަންނަ މަހުގެ 13 ވަނަ ދުވަހުން ފެށިގެން ޕްރީމިއަމް އިކޮނޮމީ ކްލާހެއް ތައާރަފުކޮށްފަ އެވެ.
މި ކްލާހުގެ ޓިކެޓުތައް މިހާރު މޯލްޑިވިއަންގެ ވެބްސައިޓުގައި މިހާރު ވަނީ ޕަބްލިޝްކޮށްފަ އެވެ.
ޕްރިމިއަމް އިކޮނޮމީ ޓިކެޓުގެ އަގުތައް
- މާލެ - ފުވައްމުލަށް (އެއްކޮޅު) - 2،199ރ.
- މާލެ - އައްޑޫ ސިޓީ ގަން (އެއްކޮޅު) - 2،227ރ.
- މާލެ - ހަނިމާދޫ (އެއްކޮޅު) - 1،998ރ.
- މާލެ - ކާޑެއްދޫ (އެއްކޮޅު) - 2،233ރ.
- މާލެ - ކުޅުދުއްފުށި ސިޓީ (އެއްކޮޅު) - 1،998ރ.
- މާލެ - މާފަރު (އެއްކޮޅު) - 1,918ރ.
މޯލްޑިވިއަނުން ބުނީ ޕްރީމިއަމް އިކޮނޮމީ ކްލާހުގައި ދަތުރުކުރާ ފަސިންޖަރުންނަށް 25 ކިލޯ ހިލޭ ގެންދެވޭނެ ކަމަށެވެ. އަދި ފުރާ ދުވަސް އެއްފަހަރު ހިލޭ ފުރާ ބަދަލުކުރަން ލިބުމުގެ އިތުރުން ވީއައިއޭގައި ހުންނަ މޫނިމާ ލައުންޖުގެ ހިދުމަތާއި ހާއްސަ ސީޓުތަކެއްގެ އިތުރުން ކުރިން ބޯޓަށް އަރުވައިދިނުމާއި ހާއްސަ ސްނެކަކާއި ޖޫހެއް ލިބުން ހިމެނެ އެވެ.
މޯލްޑިވިއަނުން ކުރިން ސުރެ ބޭނުންކުރަމުން ގެންދިޔަ ޑޭޝް 8 މަރުކާރުގެ 9 ބޯޓާއި ދާދިފަހުން ގެނައި ތިން އޭޓީއާރުން ޕްރީމިއަމް އިކޮނޮމީ ކްލާހުގެ ޓިކެޓް ވިއްކަން ފެށުމުން ނޯމަލް ކްލާސް ޓިކެޓް ލިބޭ މިންވަރު މަދުވެގެންދާނެ އެވެ.
ގައުމީ އެއާލައިނުން ބޮޑު އަގުގައި ޓިކެޓް ވިއްކަން އިތުރު ކްލާހެއް ތައާރަފުކުރުމުން ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ.
ރަނގަޅު ހިދުމަތެއް އަދި ގަޑިއަކަށް ނުފުރޭއިރު އަދިވެސް ބަލަނީ މޮޅެތި ނަންތައް ކިޔާފަ ކްލާސްތައް ހެދޭތޯ. ތިއަށްވުރެ މާރަނގަޅު ވާނެ ތިކުރާ ކަމެއް ރަނގަޅަށް ކުރެވޭތޯ ބެލިއްޔާ
ރިޕްލައިދެން މީހަކު ޓިކެޓެއް ގަންނަން ބަލާއިރު ތިނޫން ފެއާއަކުން ޓިކެޓެއް ގަންނާކަށް ނުލިބޭނެ. މިއީ ރައްޔިތުންނަށް އަގުހެޔޮކޮށް ޓިކެޓް ވިއްކަން ވައުދުވި ގޮތަކީ؟
ރިޕްލައި