ކުރީގެ އިމިގްރޭޝަން ކޮންޓްރޯލާ ޝަމްއާން ވަހީދުގެ ގެ ރޭ ބަލައި ފާސްކޮށް ފުލުހުން ފަސް ލައްކައަށް ވުރެ ގިނަ ރުފިޔާ ގެންގޮސްފައި ވާކަން "ހުރިހާ" އަށް އެނގިއްޖެ އެވެ.
ރޭގެ ވަގުތެއްގައި ޝަމްއާން ކުއްލިއަކަށް މަގާމުން ވަކިކޮށްފައިވަނިކޮށް، އިމިގްރޭޝަންގެ އޮފިސަރުންތަކެއް ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދާ ކަމުގެ މައްސަލައެއް ތަހުގީގުކުރަން ފަށާފައިވާ ކަމަށް ފުލުހުން ވަނީ ރޭގައި ބަޔާނެއް ނެރެފަ އެވެ.
ފުލުހުން އެ އެޕާޓްމަންޓަށް ވަނީ ރޭގެ 12 ޖަހާކަންހާއިރު އެވެ. ފުލުހުން އެ ގެ ބަލައި ފާސްކުރުމަށްފަހު ޝަމްއާންގެ ލެޕްޓޮޕް އާއި ފައިސާ ވެސް ގެންދިޔަ ކަމަށް މަންޒަރު ދުށް މީހަކު ބުންޏެވެ.
މިކަމާ ގުޅޭ ގޮތުން ފުލުހުން ވަކި އެއްޗެއް މީޑިއާއަށް ހާމައެއް ނުކުރެ އެވެ.
ފުލުހުން ރޭ ނެރުނު ބަޔާނުގައި ބުނީ އިމިގްރޭޝަންގެ ބައެއް އޮފިސަރުން މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ބިދޭސީންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދާ ކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން ފުލުހުން މިހާރު ތަހުގީގެއް ފަށާފައިވާ ކަމަށެވެ.
މީގެ ކުރިން މި މައްސަލައިގައި ބައެއް ތަންތަން ބަލައި ފާސްކޮށް 3 މީހަކު ހައްޔަރުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
ކޮންޓްރޯލަރުގެ މަގާމުން ޝަމްއާން ކުއްލި ގޮތަކަށް ވަކިކުރުމަށްފަހު އެ މަގާމަށް ކުރީގެ ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު ފަސީހު ވަނީ އައްޔަންކޮށްފަ އެވެ.
ބާރަށް ހަޅޭލަވާ އަދިވެސް
ރިޕްލައި