ކުރީގެ އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝަމްއާން ވަހީދުގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިފިއެވެ.
ގަވައިދާ ހިލާފަށް އުޅޭކަމަށް ބުނެ ބިދޭސީން ދިރިއުޅޭ ގެއެއް ބަލާފާސްކޮށް ބަޔަކު ޑިޓެންޝަނަށް ގެންދިއުމަށްފަހު ދޫކޮށްލިއިރު، ބިދޭސީއެއްގެ އަތުގައިހުރި 530،000ރ ކުރީގެ އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝަމްއާންގެ ގެއަށް ގެންދިޔަކަން ތަހުގީގަށް އެނގިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ގިނަ އަދަދެއްގެ ފައިސާއާއެކު ޑިޓެންޝަންގައި ބަންދުކޮށްފައިހުރި ބިދޭސީ މީހާ ޝަމްއާންގެ އެންގެވުމަށް އެރޭގެ މެންދަމުގެ ވަގުތެއްގައި ދޫކޮށްލުމަށްފަހު އެކަމުގައި އަމަލީ ގޮތުން އުޅުނު އިމިގްރޭޝަންގެ މުވައްޒަފުން މަގުމަތިން ބިދޭސީމީހާއާ ބައްދަލުކޮށް އޭނާ އަތުގައިހުރި ފައިސާ ގެންގޮސްފައިވާ ކަމަށެވެ.
އަދި އެފައިސާ ހިފައިގެން އިމިގްރޭޝަންގެ އޮފިސަރުން ދިޔައީ ޝަމްއާން ދިރިއުޅުއްވާ ގެއަށް ކަމަށްވެސް ފުލުހުންގެ ތަހުގީގަށް އެނގިފައިވާ ކަމަށް ފުލުހުން ނެރުނު ބަޔާނުގައިވެ އެވެ.
ޝަމްއާންގެ ގެއަށް ބުރާސްފަތި ދުވަހުގެ ރޭގެ ވަގުތެއްގައި ފުލުހުން ވަދެ ބަލައި ފާސްކޮށް ގިނަ އަދަދެއްގެ ފައިސާއާއި އިލެކްޓްރޯނިކް ސާމާނު ވަނީ ގެންގޮސްފަ އެވެ.
އެކި ރަހަތަކުގެ ސައިތަކާއި އޭގެ ތަފާތު ފައިދާތައް!
މޭޔަރު ކަމަށް އެމްޑީޕީން 2 އާޒިމް ގަދަހިފުމަކަށް
ހައިބަނޑާ ކަދުރު ކެއުމުގެ ގިނަ ފައިދާތަކެއް!
