އާދީއްތަ ދުވަހު ފައިޒާ ވެކްސިން ދޭން ފަށާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
އެޗްޕީއޭ އިން ބުނީ ފައިޒާ ވެކްސިން ދޭނީ ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެޕޮއިންޓްމެންޓް ދީގެން ކަމަށެވެ.
ވައިޒާ ވެކްސިން ޖަހަން ނިންމާފައި ވަނީ ޚާއްސަ ހަލާތްތަކެއްގައިވާ ފަރާތްތަކަށް އެކަންޏެވެ. އެ ވެކްސިން ބޭނުންވާ ފަރާތްތަކުން ރަޖިސްޓްރީވުމަށް ހުޅުވާލީ އޭޕްރީލް މަހުގެ ފުރަތަމަ ދުވަހު އެވެ.
ފައިޒާ ވެކްސިން ހަމައެކަނި މާލޭގައި އުޅޭ މީހުންނަށް ދިނުމަށް ނިންމީ އެ ވެކްސިނަކީ ފިނިހޫނުމިން 70 -ޑިގްރީގައި ބަހައްޓަންޖެހޭ ވެކްސިނެއްކަމުގައިވާތީ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
މި ވެކްސިން ދެނީ އުމުރުން 16 އަހަރުން މަތީގެ މީހުންނަށެވެ.
ފައިޒާ ވެކްސިން ދިނުމަށް ހަމަޖެހިފައިވާ ފަރާތްތައް
- ހަށިގަނޑުގެ ގުނަވަނެއް ބަދަލުކޮށްފައިވާ މީހުން
- ޑަޔަލިސިސް ގަވާއިދުން ހަދަމުންދާ މީހުން
- ކެންސަރު ބަލީގެ މީހުންގެ ތެރެއިން ކީމޯތެރަޕީ ނުވަތަ ރޭޑިއޯތެރަޕީގެ ފަރުވާލިބެމުންދާ މީހުން
- އިމިއުނޯސަޕްރެންޓް ނުވަތަ ހަށިގަނޑުގެ ދިފާއީ ބާރު ދެރަކުރާފަދަ ބޭސްތައް ބޭނުންކުރާ މީހުން
- ތެލަސީމިޔާ މޭޖަރ އަދި ސިކްލްސެލް އެނީމިއާ ބަލީގެ ކުދިން
- ޑައުންސިންޑްރޯމް ހުންނަ ކުދިން
- ސިސްޓިކް ފައިބްރޯސިސް، ބްރޮންކިއެކްޓޭސިސް ފަދަ ފުއްޕާމޭގެ ބަލިތައް ހުންނަ ކުދިނ
- އުފެދުމުގައި ހުންނަ ހިތުގެ ބޮޑެތި ބަލި )ކޮންޖެނިޓަލް ހާރޓް ޑިޒީޒް( ހުންނަކުދިން )މައްސަލަ ރަގަޅުކުރުމަށްސަރޖަރީއެއް ހަދާފައިނުވާ(
މިއަދު ވަނީ ފައިޒާ ވެކްސިން ޖަހާ އާ ދެ ކެޓަގަރީއެއް ވެސް އިތުރުކޮށްފަ އެވެ. އެއީ:
§ 16 އަދި 17 އަހަރުގެ ކުދިންނާއި 60 އަހަރުން މަތީގެ މީހުން ތެރެއިން ދިގުމުއްދަތަކަށް ދާއިމީ ބައްޔަށް ބޭސްކުރާ ފަރާތްތައް
§ 18 - 60 އަހަރާއި ދެމެދުގެ ދިފާއީ ނިޒާމް ބަލިކަށިވެފައިވާ ހާއްސަ ހާލަތްތަކުގައިވާ ފަރާތައް