އަތްފޯރާފަށުގައި ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ސިޔާސަތުގެ ދަށުން ހުޅުމާލެއިން ދޫކޮށްފައިވާ ފްލެޓްތަކަށް ކުލި ނުދައްކާ މީހުންނަށް ނޯޓިސް ފޮނުވަން ފަށައިފި އެވެ.
އެޗްޑީސީގެ އޮފިޝަލަކު ވިދާޅުވީ ފްލެޓްތަކަށް ކުލި ނުދައްކާ މީހުންނަށް ކޮންމެ ތިން މަހަކުން ނޯޓިހެއް ފޮނުވަން ނިންމައި އެ ނިންމުމަށް އަމަލުކުރަން ފަށާފައިވާ ކަމަށެވެ.
މިހާރު ފޮނުވަމުން ދަނީ ކުލި ދައްކަން ނަސޭހަތް ދީ ފޮނުވާ "ޕޭމަންޓް އެޑްވައިސް" ނޯޓިސްއެއް ކަމަށް އެ ކުންފުނިން ބުންޏެވެ.
ހުޅުމާލެއިން ފްލެޓް ލިބިފައިވާ ބައެއް މީހުން އެއްގޮތަކަށް ވެސް ކުލި ނުދައްކަ އެވެ. އަދި ބައެއް މަސްތަކުގައި ކުލި ނުދައްކާ މީހުން ވެސް އުޅެ އެވެ.
ހުޅުމާލޭގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ނުލިބިވާ އަދަދު 700 މިލިއަން ރުފިޔާއަށް އަރަ އެވެ.
ހުޅުމާލޭގެ ހައުސިން ޔުނިޓުތަކުގެ ތެރެއިން އެޗްޑީސީން ބަލަހައްޓާ ފްލެޓްތަކުގެ އަދަދަކީ ޖުމްލަ 8،511 އެވެ. އޭގެ ތެރެއިން ގަވާއިދުން ކުލި ދައްކަނީ 3،219 ފްލެޓުގެ ވެރިންނެވެ. އަދި 5،099 ފްލެޓްގެ ވެރިން ދުވަހަކު ވެސް ކުލި ދައްކާފައެއްނުވެ އެވެ.
މިފަދަ ފަރާތްތަކުގެ އަތުން ފްލެޓް އަތުލެވިދާނެ ކަމަށް އެގްރީމެންޓްގައި އޮތަސް، އެޗްޑީސީން އެކަން ނުކުރެ އެވެ.
ގޯހަކުން ރަނގަޅެއް ނުނިކުންނާނެ، މުއިއްޒުގެ ފެށުން ވެސް ގޯސް
މުއިއްޒުއަށް ކެމްޕޭންކޮށްދިން ޓޫފޯއަށް ޕޮލިސް ކޮމިޝަނަރުކަން
"ޓްރަމްޕްގެ ނުބައި އަމަލުތަކުގެ ސަބަބުން މުޅި ސަރަހައްދު ރޯވާނެ"
