ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ހޮލީވުޑްގެ މަޝްހޫރު ފިލްމު "ޖޯސް" ރިލީޒް ކުރިތާ 50 އަހަރު ވީއިރު ވެސް އެ ފިލްމަކީ ގިނަ ބައެއްގެ "ފޭވަރިޓް" ފިލްމެވެ.
1975 ވަނަ އަހަރުގެ ޖޫން މަހުގެ 20 ވަނަ ދުވަހު އެންމެ ފުރަތަމަ ސިނަމާގައި އެޅުވި އެ ފިލްމަށް އެންމެ ފުރަތަމަވެސް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނެވެ.
ކަނޑުއަޑީގެ ނުރައްކާތެރި ދިރުންތަކެއްގެ ވާހަކަ ދައްކައިދޭ "ޖޯސް" ފްރެންޗައިޒްގެ ހަތަރު ފިލްމެއް ނެރުނުއިރު އެއިން ކޮންމެ ފިލްމަކީ ވެސް އެހާމެ ބިރުވެރި ފިލްމުތަކެކެވެ.
ސްޓީވަން ސްޕިލްބާގް ޑައިރެކްޓް ކޮށްދީފައިވާ ޖޯސްގެ ފިލްމުތަކަށް ބޮކްސް އޮފީހުގެ އިތުރުން ފާޑުކިޔުންތެރިންގެ ތައުރީފު ވެސް ލިބިގެންދިޔަ އެވެ.
އެގޮތުން އެ ފިލްމު ބެލުމަށްފަހު ގިނަ ދުވަސްތަކެއް ވަންދެން އެތައް ބަޔަކު މޫދަށް އެރެން ބިރުން މޫދަށް ނުވަތަ ފަތާ ފެންގަނޑަކަށް ވެސް ނޭރި ތިބިކަން ބައެއް މީޑިއާތަކުން ފާހަގަކުރި އެވެ.
މި ކާމިޔާބު ފިލްމަށް 50 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން އެންބީސީއިން ވަނީ އެ ފިލްމުގެ ރަން ޔޫބީލް އަހަރީ ދުވަހު އެ ޓީވީއިން އެ ފިލްމު ދުރަށް ދައްކާފަ އެވެ.