ނިދަން އޮވެވޭ ގޮތަކުން މީހާގެ ހަށިގަނޑަށާއި ނިދުމުގެ ކޮލިޓީއަށް އަށް އަދި ވަގުތައް އަސަރު ކުރެ އެވެ. ދިރާސާތަކުން ދައްކާ ގޮތުން އާއްމުކޮށް އެންމެ ގިނަ މީހުން ނިދަނީ އެއް އަރިއަކަށް ތިބެ އެވެ. ދެން އެންމެ ގިނަ މީހުން ނިދަނީ އުއްޑުން ތިބި އެވެ. ބައެއް މީހުން ބަންޑުންވެސް ނިދަ އެވެ.

އެކި މީހުން ނިދަން އޮންނަ ގޮތް ގުޅެނީ އެމީހަކު ދިރިއުޅޭ މާހައުލަކާއި އުމުރާއި، ސިއްހަތު އަދި ނިދާ ތަނެވެ. ބަންޑުން އޮވެ ނިދުމަށްވުރެ ރައްކާތެރި ރަނގަޅު ގޮތަކީ އެއް އަރިއަކަށް ނޫންނަމަ އުއްޑުން އޮތުމެވެ. ބަންޑުން އޮތުމަކީ ރައްކާތެރި ގޮތެއް ނޫނެވެ.

އަރިއަކަށް އޮވެ ނިދުމުން ލިބޭ ފައިދާ

އެއް އަރިއަކަށް އޮވެ ނިދުމަކީ ގިނަ ފައިދާތަކެއް އެކަމުގައި އެކުލެވޭ ކަމެކެވެ. އެގޮތުން ނޭވާލުމަށް ފަސޭހަވެ، ގުގުރި ދެމުމާއި ނޭވާ ކުރުވުން ފަދަ ކަންކަން ކުޑަކޮށްދެ އެވެ. މޭން ދިލަ ނަގާ މީހުންނަށްވެސް އެއްފަރާތަކަށް އޮވެ ނިދުމަކީ ލުއިކަން ގެނެސްދޭ ކަމެކެވެ. ގޭސްވެ މޭން ދިލަ ނަގާނަމަ ވާތް ފަރާތަށް އޮތުމުންވެސް ފަސޭހަކަން އިހުސާސް ވާނެކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެ އެވެ. އަދި ބަލިވެއިންނަ އަންހެނުންނަށްވެސް އެންމެ ރައްކާތެރި ގޮތަކީ އެއްފަރާތަކަށް އޮވެ ނިދުމެވެ.

އެއްފަރާތަކަށް އޮވެ ނިދުމުން ލިބޭ ބައެއް ގެއްލުން

އެއް އަރިއަކަށް އޮވެ ނިދާނަމަ މީހާގެ މައިބަދަ އެލައިންވުމަށް އުނދަގޫ ވެއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އުނަގަނޑުގައި ރިއްސަ އެވެ. އަދި ބައެއްފަހަރު ނިދަން އޮންނަ ފަޅީގެ ކޮނޑާއި ކަނދުރާއަށްވެސް ތަދުވާގޮތް ވެއެވެ. އަދި އެއްއަރިއަށް ނިދާއިރު ގައި ދަށަށް އަތް ލައިގެން ނިދާނަމަ އަތުގައި ލޭގެ ސާކިއުލާޝަން ދައްވެ އައްސިވާގޮތް މެދުވެރި ވެއެވެ.