އަޟްހާ އީދުގެ ބަންދަށް ސަރުކާރު އޮފީސްތައް ބަންދުކުރިއިރު، ފުލުހުން ހިމެނޭހެން މުވައްޒަފުންނަށް މުސާރަ ޖަމާނުވުމުގެ ސަބަބުން ގިނަ އާއިލާތަކަކަށް މާލީ ދަތިތަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.
އާންމުކޮށް އީދު ފަދަ ބޮޑެތި މުނާސަބަތުތަކާ ދިމާކޮށް ސަރުކާރުގެ މުވައްޒަފުންނަށް މުސާރަ އަވަހަށް ޖަމާކޮށްދެ އެވެ. ނަމަވެސް، މި ފަހަރުގެ އަޟްހާ އީދުގެ މުނާސަބަތުގައި ސަރުކާރު ބަންދުވިއިރު، ފުލުހުން ހިމެނޭހެން ސަރުކާރުގެ ގިނަ އޮފީސްތަކުގެ މުވައްޒަފުންނަށް މުސާރަ ޖަމާވެފައެއް ނުވެ އެވެ. މުސާރަ ނުލިބި ސަރުކާރު ބަންދުވުމާ ގުޅިގެން މުވައްޒަފުން އަންނަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މުސާރަ ޖަމާނުވުމުގެ ސަބަބުން ގިނަ އާއިލާތަކަކަށް ވަނީ ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިފަ އެވެ. ބައެއް މުވައްޒަފުން މައުލޫމާތު ދިން ގޮތުގައި، ދަރިންނަށް އީދު ހެދުން ފަދަ ތަކެތި ގަތުމަށް ނިންމައިގެން ތިބި ނަމަވެސް، މުސާރަ ނުލިބުމުން އެކަން ކުރެވޭނެ މަގު ވަނީ ބަންދުވެފަ އެވެ. މީގެ އިތުރުން، އާއިލާތަކާއެކު އީދު ފާހަގަކުރުމަށް ރަށްރަށަށް ދަތުރުކުރުމަށް ތައްޔާރުވެގެން ތިބި ފަރާތްތަކަށް ވެސް މުސާރަ ލަސްވުމުގެ ސަބަބުން ވަނީ ދަތިތަކާ ކުރިމަތިލާން ޖެހިފަ އެވެ.
ސަރުކާރުގެ އޮފިޝަލަކު ހާމަކުރެއްވި ގޮތުގައި، މުސާރަ ޝީޓުތައް ތައްޔާރުކޮށް ފޮނުވާފައިވަނީ މަހުގެ ފަހު ފަސް ދުވަސް އުނިކުރުމަށްފަހު އެވެ. އެހެންނަމަވެސް، މުސާރަ ޝީޓުތައް ފޮނުވައި، ސަރުކާރު ބަންދުވީއިރު ވެސް މުވައްޒަފުންގެ ބޭންކް އެކައުންޓްތަކަށް ފައިސާ ޖަމާވެފައެއް ނުވެ އެވެ. ސަރުކާރުގެ ވުޒާރާތަކާއި އިދާރާތަކުގެ މުވައްޒަފުންނަށް މުސާރަ ނުލިބުނު ކަމުގައި ވިޔަސް، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނަށް ވަނީ މުސާރަ ޖަމާކޮށްފަ އެވެ.
މި މައްސަލައާ ގުޅިގެން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން މިހާތަނަށް ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.
ލޫކަސް ބަންދުން ދޫކޮށްލައިފި
1.5 މިލިއަނަށް ވުރެ ގިނަ ހައްޖުވެރިން މައްކާއަށް
