މި މަހުގެ 23 ވަނަ ދުވަހު ރިސޯޓެއްގައި މަރުވި ދިވެހި ޒުވާނެއްގެ އޮޓޯޕްސީ ހެދެމަށް ނިންމާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ބ. އަތޮޅުގައި ހިންގަމުން އަންނަ ރިސޯޓެއްގައި މަރުވެފައި އޮއްވާ ފެނުނީ 21 އަހަރުގެ ޒުވާނެކެވެ.
ރިސޯޓެއްގައި އުމުރުން ޒުވާން ފިރިހެނަކު މަރުވި މައްސަލައެއް ރިޕޯޓުކުރީ މިމަހުގެ 23 ވަނަ ދުވަހު ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އެއީ ކޮން ރިސޯޓެއް ކަމެއް ފުލުހުން ނުބުނެ އެވެ.
ފުލުހުން ބުނީ މައްސަލާގައި އިތުރަށް ބަލަން ޖެހޭ ކަންކަން ބަލައި، އޭނާ މަރުވި ސަބަބު ދެނެގަތުމަށްޓަކައި އޮޓޯޕްސީ ހެދުމަށް ތަހުގީގު ޓީމުން ނިންމާފައިވާ ކަމަށެވެ.
މައްސަލައާ ގުޅޭ އިތުރު ތަފްސީލު ފުލުހުން ހާމައެއް ނުކުރެ އެވެ.
މުނިފޫހި ފިލުވުމާ ބެހޭ ދެތިން ކަމެއް!
މަމްދާނީއަށް ވޯޓު ނުދީ ކޫމޯއަށް ވޯޓު ދޭން ޓްރަމްޕް އެދެފި
ހުޅުމާލެ ވަކި ސިޓީ ކައުންސިލެއް ހެދުމަށް އެދި ގަރާރެއް ހުށަހަޅަނީ