ރާއްޖެއަށް ބޭސް އެތެރެކުރުމަށް ހާއްސަކޮށް ރައީސް މުހައްމަދު މުއިއްޒު އުފެއްދެވި ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ކަމަށް ޑރ. ޝާހު އަބްދުﷲ މާހިރު އައްޔަންކޮށްފި އެވެ.
"ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް" އަކީ ސަރުކާރުގެ 100 ޕަސެންޓް ހިއްސާ އޮންނަ ކުންފުންޏެކެވެ.
ސަރުކާރުގެ ކުންފުނިތައް ބަލަހައްޓާ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ)ން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ އެ ކުންފުނީގެ ބޯޑު މެންބަރު ކަމަށް ވެސް އެ ބޭފުޅަކު އައްޔަންކޮށްފައިވާ ކަމަށެވެ.
އެއީ:
- މ. ކުރެއްދޫގެ، އާއިޝަތު މުހައްމަދު
- ހުޅުމާލެ ފްލެޓް ނަންބަރު 10-3-1، ޝިބާނާ ޢަބްދުﷲ ދީދީ
މިހާތަނަށް އޭނާ ހުންނެވީ ދަރުމަވަންތަ ހޮސްޕިޓަލްގެ ޑެޕިޔުޓީ ސީއީއޯގެ މަގާމުގަ އެވެ. މިދިޔަ ސަރުކާރުގައި އޭނާ ވަނީ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފަ އެވެ.
ހޮންގް ތައި ހާބަލް އިންހޭލާގެ ބެޗެއް ވިއްކުން މަނާކޮށްފި
ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ އުޅުނު ބޯޓެއް އަތުލައިގަނެފި
ކެޓްރީނާ ވިހައިފި، ލިބުނީ ފިރިހެން ކުއްޖެއް
