އިނގިރޭސިވިލާތުގެ އޮކްސްފޯޑު ޔުނިވާސިޓީން ޕީއެޗްޑީ ހާސިލްކުރެއްވި ފުރަތަމަ ދިވެއްސެއްގެ ޝަރަފު ޒުވާން ގާނޫނީ ވަކީލު، އަހްމަދު ޝައްފާން މުހައްމަދު ހޯއްދަވައިފި އެވެ.
މުޅި ދުނިޔެއިން ވެސް ފާހަގަކޮށްލެވޭ އެއް ޔުނިވާސިޓީ ކަމަށްވާ އޮކްސްފޯޑުން ޝައްފާން ގްރެޖުއޭޓްވީ އިއްޔެ އެވެ.
ޕީއެޗްޑީ ހާސިލްކުރެއްވި ޝައްފާން ގާނޫނީ ދާއިރާ އިން ޑިގްރީ ހާސިލްކުރީ ރައީސްގެ ސްކޮލާޝިޕްގައި 2018 ވަނަ އަހަރު އެވެ.
އިނގިރޭސީވިލާތުގެ ލަންޑަނުގެ ކިންގްސް ކޮލެޖުން ޑިގްރީ ހާސިލުކޮށް އޭނާ ވަނީ އެންމެ މަތީ ދަރަޖަ އެ ކޯހުން ހޯއްދަވާފަ އެވެ. އެ ކާމިޔާބީއާ ގުޅިގެން އޭނާއަށް ވަނީ 2019 ވަނަ އަހަރު ރައީސް ދެއްވާ ހާއްސަ އިނާމު ވެސް ލިބިފަ އެވެ.
ޝައްފާން ޕީއެޗްޑީ ތީސެސް ހެއްދެވީ، ކޮޕީ ރައިޓާ ގުޅުން ހުރި ޖިނާއީ މާއްދާތަކާ ގުޅޭ ދާއިރާއިންނެވެ. ޝައްފާންއަކީ، މަޝްހޫރު ވިޔަފާރިވެރިޔާ އިނަ މޯލްޑިވްސްގެ ސީއީއޯ މުހައްމަދު ފިރާގްގެ ދަރިކަލެކެވެ.
ރާއްޖޭގައި އާބާދީގެ ނިސްބަތުން ނަފްސާނީ މައްސަލަތައް ގިނަ: ދިރާސާ
ޗައިނާއަށް ދަތިކުރުމުގެ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދީފި
ރަސްގެފާނާއި ބޮޑު ވަޒީރު: ދިވެހިން މާކުރިން ދޫކޮށްލި ނިޒާމު
