ހުޅުމާލޭގެ ފިހާރައެއްގެ ސޭޓަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމުކޮށްލައިފި އެވެ.
ފުލުހުން ބުނީ ހުޅުމާލޭގައި ހުންނަ އޯސީސީ ފިހާރައިގެ ސޭޓަކަށް ތޫނުއެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާ މައްސަލަ ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށެވެ.
ހުޅުމާލޭ ހޮސްޕިޓަލްގައި އެ މީހާއަށް އަންނަނީ ފަރުވާދެމުންނެވެ.
"ހުޅުމާލޭގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމު ކޮށްލާފައިވާ ކަމުގެ މައުލޫމާތު ލިބިފައި ވަނީ، އެ މީހާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނީ،" ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ބަލަންޖެހޭ އިތުރު ކަންކަން މިހާރު ބަލުމުންދާ ކަމަށެވެ.
ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.
މިއީ 1999 ގެ ފަހުން ޔޫރަޕަށް ފެނުނު އެންމެ ފުރިހަމަ އިރުކޭތަ
ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމާ މެދު ސޯލިހު މަޝްވަރާކުރަނީ
"ކަނޑުއޮޅިއާ މެދު އެމެރިކާއިން އުޅެނީ ގޯސް އަންދާޒާއެއް ނަގަން"
